ދިވެހިރާއްޖެ
އިއުލާން
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ޕޮލިޓެކްނިކްގެ ރ. އަލިފުށީ ކެމްޕަހުގައި ހުރި މުދާ ގދ. ގައްދޫ ކެމްޕަހަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް އަދި މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2022 މެއި 15 ގެ 12:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2022 މެއި 16 ގެ 13:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ރ. އަލިފުށީ ކެމްޕަހުގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2022 މެއި 19 ގެ 12:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިވެ ނުލެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.
"ބީލަން ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް އަދި ޗެކްލިސްޓް"، "ބީލަން ހުށަހަޅާ ފޯމް" އަދި "ހުށަހަޅާ ފަރާތުގެ ޕްރޮފައިލް" ރަޖިސްޓްރީކުރައްވާ ފަރާތްތަކަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އީމެއިލް ކުރައްވާނެ ވާހަކަ ދަންނަވަމެވެ.