ދިވެހިރާއްޖެ
ބަނޑިދޫ ހުކުރު މިސްކިތުގެ ވުޟޫކުރާބައި އަދި ފާހާނާގެ ބައެއް މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މެއި 2022 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރވުމަށް އެދި މި ކައުންސިލަށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 24 މެއި 2022 ވާ އަންގާރަ ދުވަހު 11:00 ގައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 17 މެއި 2022، އަންގާރަ ދުވަހު 11:00 ގެ ކުރިން 9650005/7992129 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
10 މެއި 2022