ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ގއ ކަނޑުހުޅުދޫ ހުކުރު މިސްކިތުގޯތި ތެރޭގައި ހުރި ހިނަވާގޭގެ ނުނިމި ހުރި އެންމެހާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)414/414/2022/5 އިއުލާނާއި ގުޅިގެން ހުށަހަޅަންޖެހޭ މަޖުބޫރު ލިޔެކިޔުން ހުށަޅާފައި ނުވާނީ ބިޑް ބާތިލްކޮށް ކުރި ނަންބަރު (IUL)414/414/2022/19 އިއުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީ، 03 ވަނަ ފަހަރަށް އަލުން އިއުލާން ކުރީމެވެ.
ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 11 މެއި 2022 (ބުދަ) ދުވަހުގެ 09:00 ން ފެށިގެން 17 މެއި 2022 ވާ (އަންގާރަ) ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަމްބަރ 6820020 އަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.
- މައުލޫމާތު ދިނުން – 18 މެއި 2022 (ބުދަ) 11:00ގައި
- އަންދާސީ ހިސާބު ހުށަހެޅުން 25 މެއި 2022 (ބުދަ) 11:00ގައި
ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު
- އަގަށް: %65 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)
- މުއްދަތު: %20
- ތަޖްރިބާ:
- މާލީޤާބިލުކަން: 5%
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީވެ މައުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. އެނޫން ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.