ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)447-CS1/1/2014/15
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 25 ސެޕްޓެންބަރު 2014 15:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
މަސައްކަތު

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

 

މަޤާމު

މަސައްކަތު

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސް.އެސް 1/ސަޕޯޓް ސްޓާފް ގްރޭޑް 1

 

ބޭނުންވާ އަދަދު

1

 

ވަޒިފާ އަދާކުރަންޖެހޭ ރަށާއި، އޮފީހާއި،  ޔުނިޓް

ކޯޕަރޭޓް ސެކްޝަން،  ޕަބްލިކް ވަރކްސް ސަރވިސަސް

 

މަޤާމުގެ ނަންބަރު

248468

 

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

 (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.)

 

ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި، ޤާބިލުކަން ލިބިފައިވުން.

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހާއި އޮފީހުގެ ގޯތިތެރެ ކުނިކަހައި، ފޮޅައި ސާފުކުރުން.
  2. މީޓިންގތަކަށް ރިފްރެޝްމަންޓުގެ ޚިދުމަތް ދިނުން.
  3. ނޯޓް، ސިޓީ، މެމޯފަދަ ތަކެތި އޮފީހުގެ އެކި ސެކްޝަންތަކާއި މިނިސްޓްރީގެ ދާއިރާތަކަށް ރައްދުކުރުން.
  4. އޮފީހުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  5. މީގެއިތުރުން، އޮފީހުގައި ކުރަންހޭ މަސައްކަތްތައް، ވެރިން އަންގާ ގޮތެއްގެމަތިން ކުރުން.

 

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަރވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ، ހީވާގި މީހެއްކަމުގައިވުން.

5. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސްގެ (އަމީނީމަގު، މާފަންނު، މާލެ) އޮފީހަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.

 

އިންޓަރވިއުކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2014 އޮކްޓޫބަރުމަހުގައި މި ސަރވިސަސްގައެވެ.
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ.)
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

14 ޛުލްޤަޢިދާ 1435

09 ސެޕްޓެންބަރު 2014