ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2022/37
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 19 މޭ 2022 12:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިއުލާން

މިރަށު އާމަގު އިރުމަތީކޮޅާއި އާނުދޮށުމަގާއި ދެމެދުގައި ރަތްދަވާދުން ނުބައި ފާހަގަ ޖަހާއިވާ ދިއްގާގަސް އަދި ރަތްދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން އަދި މިރަށު އާމަގާއި އޮލިމަގާއި ދެމެދުގައި ރަތްދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިންވާނަމަ 19 މޭ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.   

އަދި މިމުއްދަތުގައި އިސްވެބުނެވުނު ރުއްގަހުގެ ވެރިން ނޭގުނުނަމަ ކައުންސިލަށް ފެންނަގޮތަކަށް އެރުއްގަސް ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެމިކަން ޢާއްމުކޮށް އެންގީމެވެ.

09 ޝައްވާލް 1443

10 މޭ 2022