މަސައްކަތް
ނަންބަރު: (IUL)138-AS6/1/2014/157
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:11
ސުންގަޑި: 22 ސެޕްޓެންބަރު 2014 10:45
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހުރަވީ ބިލްޑިންގުގެ ފުރާޅުގެ ޓިނު އަދި ތިނބި ބަދަލު ކުރުމާ ބެހޭ:

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރަވީ ބިލްޑިންގުގެ ފުރާޅުގެ ޓިނު އަދި ތިނބި ބަދަލުކުރަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު: (IUL)138-AS6/1/2014/128 މާކްސް ދިނުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާ ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. 

ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 10:45 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 10:45 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4354-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

15 ޛުލްޤަޢިދާ 1435

10 ސެޕްޓެންބަރު 2014