ދިވެހިރާއްޖެ
ގއ.ގެމަނަފުށީގައި އަލަށް ގާއިމް ކުރެވޭ ވޮލީކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:
ގއ.ގެމަނަފުށީގައި އަލަށް ގާއިމްކުރެވޭ ވޮލީކޯޓުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ޖީ.އެސް.ޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 18 މެއި 2022 ވާ ބުދަ ދުވަހުގެ 11:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގައެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 25 މެއި 2022 ވާ ބުދަ ދުވަހުގެ 11:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގައެވެ.
މިހެންމެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.