ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
އިޢުލާން ނަމްބަރ: 137-IU/PR/2022/21 |
ޕްރޮޖެކްޓް ނަމްބަރ: 137-PR/2022/G-07 |
ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް ހޮސްޕިޓަލުގެ މުވައްޒަފުންގެ ޔުނީފޯރމް ފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން |
މިހޮސްޕިޓަލުގެ މުވައްޒަފުންނަށް ޔުނީފޯރމް ފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 14 އެޕްރީލް 2022ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2022/09 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުމާއި އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާންވާނެއެވެ.
- މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރ އަދި ފޯނު ނަމްބަރ އެނގޭނެހެން 10 މެއި 2022 އިން ފެށިގެން 17 މެއި 2022 ގެ އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
- މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders އިން 10 މެއި 2022 ގެ 14:00 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވ
- މިމަސައްކަތާބެހޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުމެއް 17 މެއި 2022 11:00ވާ އަންގާރަ ދުވަހުގައި އޮންނާނެއެވެ.
- އަދި އެއްވެސް ސުވާލެއްވާނަމަ 18 މެއި 2022 ވާ ބުދަ ދުވަހުގެ 0:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 22 މެއި 2022 ވާ އާދީއްތަ ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
- އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
09 ޝައްވާލް 1443
10 މެއި 2022