ދިވެހިރާއްޖެ
އިޢުލާނު
"މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް" ގެ މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދުން
މިކަމާ ގުޅިގެން ކުރިން ކޮށްފައިވާ އިޢުލާން (ނަންބަރު: 7/IUL)427-OPR/1/2022) ހުޅުވާލި މުއްދަތުގައި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ދިވެހި ރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ކޮމިޝަނުން "މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް" ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާތީ، މި އެވޯޑުގެ އެންމެހައިކަންކަމުގެ މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ދިވެހި ރާއްޖޭަގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ނެރެމުންދާ، މި ކޮމިޝަންގެ ލައިސަންސްގެ ދަށުން ބްރޯޑްކާސްޓްކުރާ ފަރާތަކަށް ނިސްބަތްނުވާ އެންމެހައި އޮންލައިން މީޑިއާތައް، މި އިޢުލާނާއެކު މިވާ މަޢުލޫމަތާއި އެއްގޮތަށް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.