ވަޒީފާގެ ފުރުޞަތު
ނަންބަރު: 144-A/2014/863
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:09
ސުންގަޑި:
25 ސެޕްޓެންބަރު 2014 14:30
ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓު މާސްޓަރ
- މަޤާމު: ކޯޓު މާސްޓަރ
- ރޭންކް: GS4
- ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
- ބޭނުންވާ އަދަދު: 02
- މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު/ މާލެ،
- މުސާރަ: 5,020.00 (ފަސްހާސް ވިހި) ރުފިޔާ އަދި
- ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސް ސަތޭކަ) ރުފިޔާ އާއި
- ޖުޑީޝަލް އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު ޖީ.އެސް-3 ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޖީ.އެސް-3 ގެ ރޭންކުގެ ތަޢުލީމީ ޝަރުޠު ހަމަވުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި ޖީ.އެސް-3 ރޭންކުގައި ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގައި މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމަށް ބޭނުންވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ އެހެނިހެން ޝަރުޠު:
- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
- ފިރިހެނެއްނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުރުން، އަދި އަންހެނެއްނަމަ އިސްކޮޅުގައި 5 ފޫޓް ހުރުން
- ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްކަން ކޯޓުންދޭ ފިޓްނަސް ޓެސްޓެއްގައި ސާބިތުކޮށްދިނުން.
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއެކު އަދި އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ އެޙުކުމް ތަންފީޛު ކުރިތާ 7 އަހަރު ވެފައިވުން.
- އުމުރުން 18 އަހަރު ފުރި 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް؛
- ޝަރީޢަތުގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.
- ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރެވޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.
- ކޯޓުގެ ތެރޭގައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.
- ކޯޓުގެ ތެރޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން
- ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ނޯޓް: މި މަޤާމަށް މީހަކު ހޮވުމުގައި ޑްރައިވިންގ ލައިސެންސް ކެޓެގަރީ ބީ-1 ގައި ހިމެނޭ ތަކެތި ދުއްވުމުގެ ހުއްދަ އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ސެޓުފިކެޓު ލެވެލް އިން މަތީ ސެޓުފިކެޓުތައް ހުށަހަޅަންވާނީ އެކްރެޑިޓު ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެ ގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2014 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މި މަޤާމުތަކުގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- ވަޒީފާއަށް އެދޭ ފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި ފޯމު ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
12 ޛުލްޤަޢިދާ 1435
07 ސެޕްޓެންބަރު 2014