ވަޒީފާގެ ފުރުސަތު
|
ނަންބަރ: Q4C-A/2022/10
|
ތާރީޙް: 09 މޭ 2022
|
މަޤާމް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ރޭންކް: ޖީ. އެސް 3
|
ބޭނުންވާ އަދަދު
|
01
|
ސެކްޝަން: އިދާރީ ސެކްޝަން
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
މަސައްކަތްކުރަންޖެހޭ ތަން
|
ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓް
|
އަސާސީ މުސާރަ
|
-/4،465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ސަރވިސް އެލަވަންސް: -/1،500 (ފަނަރަ ސަތޭކަ ރުފިޔާ)
- ލިވިންގ އެލަވަންސް: -/2،550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
- ޖުޑީޝަލް އެލަވަންސް: -/1،339.50 (އެއްހާސް ތިންސަތޭކަ ތިރީސް ނުވަ ރުފިޔާ ފަންސާސް ލާރީ) މުސާރައިގެ %30
- ކަނޑައެލިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤާވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
|
- ކޯޓުގެ މެއިލްއާއި، މެމްސް ސޮފްޓްވެއަރ އަދި އެނޫންވެސް ގޮތްގޮތުން ލިބޭ ލިޔުންތައް އެންޓްރީ ކުރުމާއި ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ޖަވާބު ފޮނުވަންޖެހޭ ފަރާތްތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.
- ކޯޓުންކުރާ މަސައްކަތުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- ކޯޓުގެ މުވައްޒަފުންގެ މުސާރަ ތައްޔާރުކުރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފުނުވުން.
- ވޮޗަރރުންގެ ޑިއުޓީ ޝެޑިއުލް ތައްޔާރުކުރުމާއި، ކޯޓުހުޅުވާ ލައްޕާ ޝެޑިއުލް ތައްޔާރުކޮށް ކަނޑައެޅިފައިވާ އުސޫލުގެމަތިން ކޯޓުހުޅުވާ ލެއްޕުން.
- ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑް އަޕްޑޭޓްކޮށް ބެހެއްޓުމާއިއެކު ކުށުގެ އަދި ދަރަނީގެ ރެކޯޑު ސާފްކުރުމަށް އަންނަ މެސެޖްތަކަށް ޖަވާބްދިނުން.
- އެކި ގޮތްގޮތުން ފައިސާ ދައްކަންޖެހޭ (ދަރަނި، ޖޫރިމަނާ، ފޯމްފީ ފަދަ) ފަރާތްތަކުގެ މަޢުލޫމާތު ފައިނޭންސް އެޕްއަށް ގަވައިދުން އަޕްޑޭޓް ކުރަމުން ގެންދިޔުން.
- ބަނޑޭރިޕޭއިން ދައްކާ ޑިޕޮޒިޓް ފައިސާއާއި، ކޯޓުގެ އެކައުންޓަށް ވަންނަ ފައިސާތަކަށް ރަޝީދު ހެދުން.
- ކޯޓަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ލިބިގަތުމަށް އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެއްމެހާ ކަންކަން ފުރިހަމަކޮށް ކުރަންޖެހޭ ޚަރަދުތަކަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން.
- ކޯޓުގެ މަރާމާތާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ މަސައްކަތްކުރުން.
- ކޯޓުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ތިޖޫރި ބާކީ ބެލެހެއްޓުން.
- ޚަރަދުގެ ރިޕޯޓާއި ފައިސާއާއި ގުޅުންހުރި އެހެނިހެން ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކޯޓުގައި ބައުވެ ބޭނުންނުކުރެވޭ ތަކެތި ނީލަންކިޔުމާއި ނައްތައިލުމުގެ މަސައްކަތްކުރުން.
- އެޑްމިނިސްޓްރޭޓިވް އޮފިސަރ ޗުއްޓީ ނަގާ ހާލަތުގައި އެމުވައްޒަފުގެ މަސައްކަތްކުރުން.
- މައްސަލަތަކުގެ މަޙްޞަރު ބަޔާން އަދި އޯޑިއޯ ބަޔާންލިޔުން.
- ޝަރީޢަތާގުޅޭ ކަންކަމުގައި ޙާޟިރުކުރެވޭ ފަރާތްތަކާމެދު ޝަރީޢަތާ ގުޅުންހުރި މުޢާމަލާތްކުރުން.
- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރެވޭ މީހުންނާއި ކޯޓުން ކުރަންޖެހޭ މުޢާމަލާތްކުރުން.
- ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކޮށްގެން މައްސަލަތަކުގެ ތާވަލު ތައްޔާރުކުރުން.
- ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމް ފުރިހަމަކުރުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ޝަރުޢީ / އިދާރީ އެންމެހާ މަސައްކަތްތައްކުރުން.
- މިނޫނަސް ވެރިޔަކު އަންގާ ރަސްމީ އެއްމެހާ މަސައްކަތްކުރުމާއި ކޯޓުން ޒިއްމާކުރެވޭ މަސައްކަތްތަކާއިގުޅޭ އެއްމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.
|
ތަޢުލީމީ ރޮނގު
|
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ޝަރީޢަތާއި ޤާނޫނު/ އިންފޮމޭޝަން ޓެކަނޮލޮޖީ
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިޔުމަންރިސޯސްމެނޭޖެމަންޓް / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ޝަރީޢާ / ޤާނޫނު / އިންފޮމޭޝަން ޓެކަނޮލޮޖީ
|
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
- ލިބިފައިވާ މަތީ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއި އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯރޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމްތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ
|
ސުންގަޑި
|
19 މޭ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތައުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: 30 އިންސައްތަ
- މަސައްކަތިގެ ތަޖުރިބާ: 10 އިންސައްތަ
- މަސައްކަތަށް ބޭނުންވާ ހުނަރު: 10 އިންސައްތަ
- އިންޓަރވިއު: 50 އިންސައްތަ
|
އިތުރު މަޢުލޫމާތު
|
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6840500 / 6840131
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިހާނެއްވެސް ދެވޭނެއެވެ.
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
- ވަޒީފާއަށް އެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: gdh-gadhdhoo.courts.gov.mv އިން ލިބެން ހުންނާނެއެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް
|
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު ވާހަކަ ދައްކަން އެނގުން.
- ވަޒީފާއާއިބެހޭ ޤާނޫނާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން.
- ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
- މަކްރޯސްފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
- ވަޒީފާގެ އެއްމެހާ ޒިއްމާތައް ފުރިހަމަޔަށް އަދާކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރިފަރާތެއްކަމުގައިވުން.
|