ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
09 މޭ 2022
|
ނަންބަރު:
|
(IUL)168-CA/1/2022/43
|
މަޤާމު:
|
ސެކްރެޓަރީ ޖެނެރަލް
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ މަހަކު -/20500
- ލިވިންގ އެލަވަންސް މަހަކު -/15000
- ފޯނު އެލަވަންސް މަހަކު -/1000
|
މަޤާމުގެ މުއްދަތު:
|
މި މަޤާމުގެ މުއްދަތަކީ 5 (ފަހެއް) އަހަރު
|
މަސައްކަތް ކުރަންޖެހޭ ގަޑި:
|
ހެނދުނު 8:00 ން މެންދުރުފަހު 15:00 އަށް
|
ޝަރުޠު:
|
- ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން ހިއުމަން ރިސޯސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ފައިނޭންސް، އެކައުންޓިންގ، ނުވަތަ ޤާނޫނީ ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ލެވެލް 7 ނުވަތަ 8 އެއްގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަޤާމެއްގައި މަދުވެގެން 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން ނުވަތަ، ބަޔާންކުރެވިފައިވާ ދާއިރާއަކުން ލެވެލް 9 އެއްގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަޤާމެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވާންވާނެއެެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތަޢުލީމީ ފެންވަރުގެ އިތުރުން އިސްނެގުމަށާއި، ލީޑަރޝިޕަށާއި، ތެދުވެރިކަމަށާއި، އަމާނާތްތެރިކަމަށާއި، ހިންގުމުގެ ތަޖުރިބާއަށް އަދި ނަތީޖާ ޙާޞިލުކޮށްފައިވާ މިންވަރަށް ބެލޭނެއެވެ.
- މީގެއިތުރުން، ހިއުމަން ރައިޓްސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ މީހަކީ ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.
3.1. ދިވެހި ރައްޔިތެއް ކަމުގައިވުން.
3.2. އުމުރުން 25 - 55 އާ ދެމެދުގެ މީހަކަށްވުން
3.3. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، މަކަރާއި، ހީލަތްހެދުމާއި، ޚިޔާނާތާއި، ރިޝްވަތުފަދަ ބޮޑުކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
3.4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
3.5. .ހިއުމަން ރައިޓްސް ކޮމިޝަންގައި އެމީހެއްގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން.
|
މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތައް:
|
މި މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތައް ހިއުމަން ރައިޓްސް ކޮމިޝަންގެ ވެބްސައިޓް ގައި ޝާއިޢުކޮށްފައިވާނެއެވެ.
|
އިމްތިޙާނުކުރުމާއި،އިންޓަވިއުއާއި،ޕްރެޒެންޓޭޝަނާއި،އިންޓަރެކްޓިވް ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޮވުމަށް މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިމްތިޙާނު ދިނުމާއި، އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުމާއި، އިންޓަރެކްޓިވް ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނެ ތާރީޚުތައް ކޮމިޝަނުން ލިޔުމުން އަންގާނެއެވެ.
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ޢައްޔަންކުރުމުގެ އުޞޫލު މި ކޮމިޝަންގެ ވެބްސައިޓު www.hrcm.org.mv ން ލިބިވަޑައިގަންނަވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް).
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފުކޮށް ކިޔަން އެނގޭފަދަ ކޮޕީއެއް.
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ދާއިރާއެއްގެ ސެޓްފިކެޓް ނުވަތަ ލިޔުން (ހުށަހަޅާ ސެޓްފިކްޓް ނުވަތަ ލިޔުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމުގެ އުޞޫލުގެ 2.1.1 ގައި ބަޔާން ކޮށްފައިވާ ފަދަ ސެޓްފިކެޓް ނުވަތަ ލިޔުމަކަށް ވާންވާނެއެވެ).
- މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހުށަހަޅާ ލިޔުންތަކަކީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމުގެ އުޞޫލުގެ 2.2.2 ގައި ބަޔާން ކޮށްފައިވާ ފަދައިން ވަޒީފާއަދާކުރި ތަން، މަޤާމާއި މަސްޢޫލިއްޔަތު، ވަޒީފާގައިވީ މުއްދަތު، ވަޒީފާ އަދާކުރިއިރު ސުޕަވައިޒް ކޮށްފައިވާ ފަރާތްތަކުގެ ޢަދަދު ބަޔާންކޮށްފައިވާ ލިޔުމަށް ވާންވާނެއެވެ. މި ގޮތަށް ހުށަހަޅާފައިނުވާނަމަ އެ ލިޔުންތަކުގައިވާ ތަޖުރިބާގެ މުއްދަތުތަކަށް މާކްސްއެއް ނުދެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމުގެ އުޞޫލު، މަޤާމުގެ މަސްއޫލިއްޔަތު، އިޤްރާރް، ހިއުމަން ރައިޓްސް ކޮމިޝަންގެ ވެބްސައިޓު www.hrcm.org.mv ން ޑައުންލޯޑް ކުރެވޭނެއެވެ.
|
ސުންގަޑި:
|
23 މޭ 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން
|
އެހެނިހެން:
|
- މި މަޤާމަށް ހޮވޭ ފަރާތުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، 05 އަހަރުގެ މުއްދަތަށް ވަޒީފާ ހަމަޖެއްސޭނެއެވެ.
- މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003114 ނުވަތަ 3003116އަށެވެ.
- ވަޒީފާއަށް އެދި ފޯމް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލްކުރައްވާނީ ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.
|