ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކޮންމެއަހަރަކު ކުރިއަށްގެންދާ ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މިއަހަރުގެ މަސައްކަތް 2022 ސެޕްޓެމަބަރް 17 ވަނަދުވަހު ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ބޯހިމެނުމުގެ މަސައްކަތް ފެށުމުގެ ގޮތުން މުޅިރާއްޖޭގައި ހުރި ތަންތަނުގެ ލިސްޓެއް 13 އަދި 14 ސެޕްޓެމްބަރ ގައި ނެގުމަށް ޓަކައި ގޭގޭގެ ނަންބޯޑު ހަރުކުރެވިފައި ބެހެއްޓުމަކީ އެމިނިސްޓަރިގެ އާއި މިކައުންސިލްގެ އިދާރާގެ ވަރައްބޮޑުއެދުމެކެވެ.
ވީމާ، މިރަށުގައި ދިއުޅޭ ތަންތަނާއި ދިރިނޫޅޭ ތަންތަނުގެ ނަންބޯޑު ހައްދަވާ 2022 އޯގަސްޓް މަހުގެ ނިޔަލަށް ހަރުކޮށްފަ ބަހައްޓާދެއްވުމަށް އެދިދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ
08 ސައްވާލު 1443
09 މޭ 2022