ބީލަން
ނަންބަރު: GS166/IUL/2022/006
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 17 މޭ 2022 14:00
މުލަކު ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

`

މުލަކު ސްކޫލް

މ.މުލައް 

ދިވެހިރާއްޖެ                                   

                                     ނަންބަރު:GS166/IUL/2022/006

އިޢުލާން

 

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

            މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮތް 3 އަހަރަށް، ވިޔަފާރި ޢުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

   މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2021) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރާބައްދަލުވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ހުއްދައިގެ ކޮޕީއާއި އައި.ޑީ ކާޑު ގެންނަންވާނެއެވެ.

 

            ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 މެއި 17 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. އަދި ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މެއި 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން

މުލަކު ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރުން

23 މެއި 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން

31 މެއި 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި

 

ނޯޓް: މިމަސައްކަތާއި ގުޅިގެން ކުރެވުނު ނަންބަރު GS166/IUL/2022/05 (18 އެޕްރީލް 2022) އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީވެ، އެ އިޢުލާން ބާޠިލް ކުރެވުނު ވާހަކަ ދެންނެވީމެވެ.

 

މުލަކު ސްކޫލް

ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.

ފޯން:  7952903  ,  9701607

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: -

08 ޝައްވާލް 1443

09 މެއި 2022

09 މޭ 2022