ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ
ނަމްބަރ:331/331/2022/46(IUL)
އިޢުލާން
ކ.ގާފަރުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ނިޒާމް ގުޅައިދިނުމަށް އެދި ހުށަހެޅުން
މިރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން ފެންމީޓަރާއި، ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގުޅައިދިނުމަށް އެދި ގޭގެ ނުވަތަ ތަނުގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހެއެވެ.
މިހާތަނަށް އެޕްލިކޭޝަން ފޯމް ހުށަހަޅާފައި ނުވާ ގެތަކުން ފޯމް ހުށަހެޅުމުގެ ފުރުޞަޠު ވަނީ އަލުން ހުޅުވާލެވިފައެވެ. ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރު 14:00 ށް މިއިދާރާއިން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު 15 މެއި 2022 ވަނަ ދުވަހުގެ 11:00ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.