ދިވެހިރާއްޖެ
އިޢުލާން
ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު (ނަންބަރު:29/2015) ގެ ދަށުން އެކުލަވާލާފައިވާ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވައިދު (ނަންބަރު: 2021/R-28) ގެ 49 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިއްޙީ ޚިދުމަތެއްދޭންވާނީ މިމިނިސްޓްރީގައި ރަޖިސްޓްރީވެ، ލައިސަންސް ހޯދުމަށް ފަހުގައިކަން ބަޔާން ކުރެވިފައިވާނެއެވެ. މީގެއިތުރުން ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތް ތެރިންގެ ޤާނޫނު (ނަންބަރު: 13/2015) ގައިވާ ގޮތުގެމަތިން ސިއްޙީ ޚިދުމަތެއް ދޭންވާނީ އެފަންނަކަށް ނިސްބަތްވާ ކައުންސިލުގައި ސިއްޙީ ފަންނުވެރިން ރަޖިސްޓްރީ ވުމަށް ފަހުގައިކަން ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން، ސިއްޙީ ފަރުވާގެ ނަމުގައި، ހިޖާމާ ޖަހަމުންގެންދާ ތަންތަނަކީ މިމިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ތަންތަން ނޫންކަމުގައި އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.
އަދި ސިއްޙީ ޚިދުމަތް ހޯދުމަށް މިމިނިސްޓްރީން އިލްތިމާސް ކުރަނީ، މިނިސްޓްރީގައި ރަޖިސްޓްރީވެ ލައިސަންސް ލިބިފައިވާ ތަންތަނުން ކަމުގައިވެސް ދަންނަވަމެވެ.