ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: H-2014/172
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:49
ސުންގަޑި: 17 ސެޕްޓެންބަރު 2014 16:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުންޏަށް ބޭނުންވާ 2000KVA ގެ ކަމިންސް 03 ޖަނަރޭޓަރ ސެޓް، ޓްރާންސްފޯމަރ، ސްވިޗް ބޯޑު އަދި އެއާއި ގުޅޭ އެހެނިހެން ތަކެތި ސަޕްލައިކޮށްދިނުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތަށް ބަދަލު ގެނައުން

މިކުންފުންޏަށް ބޭނުންވާ 2000KVA ގެ ކަމިންސް 03 ޖަނަރޭޓަރ ސެޓް، ޓްރާންސްފޯމަރ، ސްވިޗް ބޯޑު އަދި އެއާ ގުޅޭ އެހެނިހެން ތަކެތި ސަޕްލައިކޮށްދިނުން

މިކުންފުންޏަށް ބޭނުންވާ 2000KVA ގެ ކަމިންސް 03 ޖަނަރޭޓަރ ސެޓް، ޓްރާންސްފޯމަރ، ސްވިޗް ބޯޑު އަދި އެއާއި ގުޅޭ އެހެނިހެން ތަކެތި ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H-2014/172 އިޢުލާނާއި ގުޅިގެން ތިރީގައި ދެންނެވިފައިވާ ގޮތަށް މި މަސައްކަތާ ގުޅޭ ބީލަން ޑޮކިއުމަންޓް ވިއްކުމުގެ މުއްދަތު ބަދަލުވެފައިވާ ވާހަކަ ދެނެްނެވީމެވެ.

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 އޮގަސްޓު 28 އިން 2014 ސެޕްޓެންބަރު 17 ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 09:00 އިން މެންދުރު 16:00 އާ ދެމެދު 200.00 ޔޫ.އެސް ޑޮލަރު ނުވަތަ އެ އަގަށްވާ ދިވެހި ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2014 އޮގަސްޓު 17 ވާ (ބުދަަ) ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި 2014 ސެޕްޓެންބަރު 24 ވާ (ބުދަ) ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2014 ސެޕްޓެންބަރު 10 އިން 2014 ސެޕްޓެންބަރު 17 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 16:00 އާ ދެމެދުއެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000.00 (ވިހިހާސް ރުފިޔާ) ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 50 (ފަންސާސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 24 ވާ (ބުދަ) ދުވަހުގެ 13:00 އަށް ބީލަން ހުށަހެޅުއްވުން ޢެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ. މި މަސައްކަތް ހަވާލުކުރުމުގައި ކްރެޑިޓަށް ދޫކުރާ އަދި ދިވެހި ރުފިޔާ ގަބޫލުކުރައްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.            

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2014 އޮގަސްޓު 28 އިން 2014 ސެޕްޓެންބަރު 17 އަށް

09:00 އިން 16:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2014 ސެޕްޓެންބަރު 10 އިން 2014 ސެޕްޓެންބަރު 17 އަށް

09:00 އިން 16:00 އަށް

މަޢުލޫމާތު ދިނުން

2014 ސެޕްޓެންބަރު 17 ގައި

13:00 ގައި

އަގު ހުށަހެޅުން

2014 ސެޕްޓެންބަރު 24 ގައި

13:00 ގައި

15 ޛުލްޤަޢިދާ 1435    

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެ މާއްދާގައި ބުނާ ފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338124 / 3338122 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
11 ސެޕްޓެންބަރު 2014