މަސައްކަތް
ނަންބަރު: (I)288/2022/062
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2022
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 12 މޭ 2022 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާ ގައި ފާޚާނާއަކާއި ފެންޑާއެއް އިމާރާތްކުރުން

ކައުންސިލް އިދާރާ ގައި ފާޚާނާއަކާއި ފެންޑާއެއް އިމާރާތްކުރުން

މި އިދާރާ ގައި ފާޚާނާއަކާއި ފެންޑާއެއް އިމާރާތްކޮށްދޭނޭ ބަޔަކު ހޯދާން 2022 މާރިޗު 23 ވަނަ ދުވަހު ކުރި (I)288/2022/041 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ އެ ކަމަށް ފުރުޞަތު ހުޅުވައިލައި އަލުން އިޢުލާންކުރަމެވެ.

ވީމާ، މި އިދާރާއިން މައިގަނޑު ތަކެތި ދިނުމުން އިތުރަށް ބޭނުންވާ ތަކެތި މަސައްކަތްކުރާ ފަރާތުން ހޯދައިގެން މަސައްކަތްކުރާ ގޮތަށް، މި އިދާރާ ގައި ދެ ފާޚާނާއާއި ފެންޑާއެއް އިމާރާތްކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ކޯޓޭޝަންހުށައެޅޭނީ، އެ ކަމަށް އެދި ތައްޔާރުކުރެވިފައިވާ ފޯމުން އަގު ހުށަހަޅައިގެންނެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާހާއި އަގު ހުށައަޅާ ފޯމު މި އިޢުލާނާ އެކު އަޕްލޯޑްކުރެވިފައިވާނެއެވެ.

މަސައްކަތާ ގުޅޭ ކޯޓޭޝަން ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ގަޑީގައި ކުރިއަށް ދާނެއެވެ.

ކޯޓޭޝަން ހުށަހެޅުމުގެ ބައްދަލުވުން

12 މޭ 2022 (ބުރާސްފަތި) މެންދުރުފަހު 1:00

ކޯޓޭޝަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ނަމަ، ކުންފުނީގެ/ ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީއެއް ހުށަހަޅާން ވާނެއެވެ.

ކޯޓޭޝަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާ އެކު ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.

 

 

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް (ޢަބްދުއްލަޠީފް މުޙައްމަދު، ކައުންސިލް އެގްޒެކެޓިވް):

7753250

 

8 ޝައްވާލް 1443ހ.

9 މޭ 2022މ.

09 މޭ 2022