ބީލަން
ނަންބަރު: (IUL)364-B/364/2022/32
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 18 މޭ 2022 13:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 03 ރުއްގަނޑު ދޫކުރުން

މިއިދާރާގެ ބެލުމުގެ ދަށުގައިވާ، ތިރީގައި މިދަންނަވާ ރުއްގަނޑުތައް ބީލަމު އުޞޫލުން 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

  1. ފެރީ ޓާރމިނަލް ބިމުގެ ރުއްގަސް
  2. ފަލާޙު މިސްކިތުގެ ހުޅަނގު ބިމުގެ ރުއްގަސް
  3. ފުޓްބޯޅަ ދަނޑުގެ ދެކުނު ބިމުގެ ރުއްގަސް

ވީމާ، މި ރުއްގަނޑުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 މެއި 09 ވަނަ ދުވަހުން ފެށިގެން 2022 މެއި 17 ވަނަ ދުވަހުގެ ނިޔަލަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ނަންގަވާ 2022 މެއި 18 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ކަނޑައެޅިފައިވާ ވަގުތުގައި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ރުއްގަނޑުތައް ދޫކުރުމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ މަޢުލޫމާތު ޝީޓާއި ބީލަން ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނޭ ވާހަކަ ދަންނަވަމެވެ.

މިއީ މިކަމަށް ކުރެވުނު 3 ވަނަ އިޢުލާނަށްކަމަށްވާތީ، މީގެކުރިން މިއިދާރާއިން ކުރެވުނު އިޢުލާން ނަންބަރު : (IUL)364-B/364/2022/30 ވަނީ ބާޠިލް ކުރެވިފައެވެ.

09 މޭ 2022