ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAA/248/2022/41
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 17 މޭ 2022 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް މި އިދާރާއިން ދޫކުރުމުގައި އަމަލީ ގޮތުން ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން ބޭނުންވެއްޖެ.

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް މި އިދާރާއިން ދޫކުރުމުގައި، އެފަދަ ތަކެތި ދުއްވަން ދަނޭތޯ ޢަމަލީ ގޮތުން ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން ހަމަޖެއްސުމަށް ވަނީ ބޭނުންވެފައެވެ.

 މިއީ ޕާޓްޓައިމް ގޮތުގައި ކުރާ މަސައްކަތަކަށް ވާތީ، މި މަސައްކަތް ކުރައްވާ ފަރާތަކަށް މިވަތުތަށް ކަނޑައެޅިފައިވާ އުޖޫރައަކީ ޓެސްޓް ބާއްވާދޭ ފަރާތަކަށް -/10 ރުފިޔާއެވެ. ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީ އާއި ، އެފަރާތަކާއި، ދެމެދު ވެވޭ އެއްބަސްވުމުގައި،ކަނޑަ އަޅުއްވާ އުޖޫރައެކެވެ.

 ވީމާ، މިކަމަށް ޝަޢުޤުވެރިވާ، ފަރާތްތަކުން 17 މޭ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި އެ ސިޓީއާއެކު އެފަރާތްތަކަށް ލިބިފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ، އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ އަޞްލު ނުވަތަ އަޞްލާއި އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަޞްލާއި އައިޑެންޓިޓީ ކާޑްގެ ކޮޕީ މި އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ.

     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

08 މޭ 2022