ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2022/205
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 15 މޭ 2022 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ އެސިސްޓެންޓް

ސެކިއުރިޓީ އެސިސްޓެންޓް
މުނިސިޕަލް ސަރވިސަސް

ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: ޑިއުޓީ އުސޫލުން

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު ޝިފްޓް ޑިއުޓީގައި ސެކިއުރިޓީ ބެލެހެއްޓޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:
ކޯޕަރޭޝަންގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނުގެ އިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނަށް ވެއްދޭ ތަކެއްޗާއި ބޭރުކުރެވޭ ތަކެތި މޮނިޓަރކުރުން. އަދި މައްސަލައެއް ކުރިމަތިވެއްޖެ ހިނދެއްގައި ސުޕަވައިޒަރަށް އަންގައި އެކަން ހައްލުކުރުން.
- ހަމަޖެހިފައިވާ ޢުސޫލަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ ބެލެހެއްޓޭ އިމާރާތައް ވަދެނިކުމެވާ މީހުން ދެނެގަތުން. އަދި އިމާރާތުގެ ގޯތިތެރެއަށް ވަނުމަށް ހުއްދަލިބިފައި ނުވާ ފަރާތްތައް ހުއްޓުވާ އެކަން ސުޕަވައިޒަރަށް ރިޕޯރޓްކުރުން.
- ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުވެރި އަދި އިޙްލާސްތެރިކަމާއި އެކު އަދާކޮށް، ވަގުތައް ކަމޭހިތައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
- ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަކަށް އެއްބާރުލުން ދިނުން.
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސްޕަވައިޒަރު ހަވާލުކުރާ މަގާމާއި، މަގާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ސަލާމަތީ ކަންތައްތައް ދަންނަމީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 10500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 15 މެއި 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (/https://jobs.hdc.com.mv)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

08 މޭ 2022