މަސައްކަތް
ނަންބަރު: (IUL)330-B/330/2022/39
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 15 މޭ 2022 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ކާށިދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނައި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ދެވިފައިވާ އިރުޝާދާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މާލެއަތޮޅު ކާށިދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއެކުގައިވާ ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 11 މޭ 2022 ވާ ބުދަ ދުވަހުގެ ނިޔަލަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބީލަމަށް ރަޖިސްޓްރީކޮށްދެވޭނީ -/300 (ތިންސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

       މި މަސައްކަތާބެހޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް އަދި އަގު ހުށަހަޅާ ފޯމު މިއިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން ބީލަމަށް ރަޖިސްޓްރީކުރެއްވުމަށްފަހު، މަޢުލޫމާތު ކަރުދާހުގައި ދެވިފައިވާ އިރުޝާދާ އެއްގޮތަށް 15 މޭ 2022 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

08 މޭ 2022