ދިވެހިރާއްޖެ
ނަންބަރ : (IUL)314/INDIV/2022/51
އިޢުލާން
ކަމަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 64 ބަންޑާރަ ގޯތީގެ ވަގުތީ ލިސްޓް އަލުން އާއްމުކުރުން
ބ.ކަމަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 64 ބަންޑާރަ ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ބަދަލުތަކެއް އައިސްފައިވާތީވެ މިއިޢުލާނާއިއެކު އަލުން ވަގުތީ ލިސްޓް އާއްމު ކުރީމެވެ.
ވީމާ، މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވައިލައިފީމެވެ. މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 2022 މެއި 17 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އެވެ. ލިސްޓަށް ޝަކުވާ ހުށަހަޅަން ވާނީ ސިޓީއަކުން ކައުންސިލްގެ އިދާރާއަށެވެ. އަދި، އީމެއިލްގެ ޒަރީއާއިން ޝަކުވާ ސިޓީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ފޮނުއްވުމުން ބަލައިގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި، ޝަކުވާއަށް އެދި ހުށަހަޅާ ސިޓީގައި ޝަކުވާ ހުށަހަޅާ ފަރާތުގެ ފޯނު ނަންބަރާއި އައިޑީ ކާޑު ނަންބަރު އޮންނަންވާނެއެވެ. އަނގަބަހުންނާއި، ފޯނުން ހުށަހެޅޭ ޝަކުވާތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނެވީމެވެ.
މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ޝައްވާލް 144307
08 މެއި 2022