ވަޒީފާގެ ފުރުޞަތު
ނަންބަރު: 167-F/1/2014/36
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 21 ސެޕްޓެންބަރު 2014 13:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެޑިއުކޭޝަނަލް ކޯޑިނޭޓަރ

މިސަރވިސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއްޖެ އެވެ.

މަޤާމު

އެޑިއުކޭޝަނަލް ކޯޑިނޭޓަރ   

ރޭންކް

އެމް.އެސް 3

ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

-/7035 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް

ބޭނުންވާ މުއްދަތު

އެއް އަހަރު

ބޭނުންވާ އަދަދު

01

ޝަރުޠު

އެޑިއުކޭޝަނަލް މެނޭޖްމަންޓުގެ ދާއިރާއިން

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. (ނުވަތަ)

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. (ނުވަތަ)

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. (ނުވަތަ)

- ދިވެހިރާއްޖޭހެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އެހެނިހެން އިނާޔަތްތައް

ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑި އާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ. އަދި މީގެ އިތުރުން ވެސް އެކިކަހަލަ އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

1. ޖަލުތަކުގައި ޤައިދީންނަށް ބޭނުންވާ ތަމްރީނުތައް ހިންގޭނެ އިންތިޒާމް ހަމަޖައްސަދިނުމާއި އެކަމުގައި ޖަލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ތަރައްޤީ ކުރުން.

2. ޖަލުތަކުގައި ހެދިފައިވާ އެސެސްމަންޓުތަކަށް ބަލައި، ޤައިދީންނަށް ބޭނުންވާ ތަޢުލީމު ދެނެގަތުމާއެކު ޤައިދީން މުޖުތަމަޢުއަށް ނެރުމުގެ ކުރިން ވަޒީފާ ބާޒާރުގައި ލިބެންހުރި ވަޒީފާތަކަށް މީހުން ތަމްރީނު ކުރުމާއި ބޭނުންވާ ތަޢުލީމު ފޯރުކޮށް ދިނުމުގައި ޖަލުތަކަށް އެހީތެރިވެ ދިނުން.

3. ޖަލުތަކުގައި ހިންގާ ތަމްރީނު ޕްރޮގުރާމުތަކާއި ތަޢުލީމު ދިނުމުގައި މަސައްކަތް ބަލައި މޮނިޓަރ ކުރުމާއި އެޕްރޮގުރާމުތައް ތަރައްޤީ ކުރުމާއި ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.

4. ޤައިދީން މުޖުތަމަޢުއަށް ނެރުމުގެ ކުރިން އެމީހުންނަށް ބޭނުންވާ ވަޒީފާ ހޯދައިދިނުމަށް މަސައްކަތް ކުރުމާއި، މުޖުތަމަޢުއަށް ދޫކުރުމުން އެމީހުންނަށް ވަޒީފާ ހޯދައިދިނުމަށް އެހީތެރިވެ ދިނުން.

5. ދީނީ ޕްރޮގުރާމުތަކާއި ތަޢުލީމު އުނގަންނައި ދިނުމުގެ ޕްރޮގުރާމުތައް އިމްޕްލިމެންޓުކޮށް މޮނިޓަރކުރުން.

6. ޕެރޯލްއަށް ހޮވޭ ފަރާތްތަކަށް ރީއިންޓަރގުރޭޝަން ޕްރޮގުރާމުތައް ހިންގުން.

7. އަތްތެރިކަމުގެ މަސައްކަތާއި ކުރެހުމުގެ މަސައްކަތް ކުރިއަރުވާ ހިންގުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

- މަތީގައި ދެންނެވިފައިވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.

- މަތީ ތަޢުލީމާއި ތަމްރީނު.

އިންޓަވިއު ކުރުން

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭގޮތަށް ކޮންމެ ޞަފުޙާއެއްގައި ނަންބަރު ޖެއްސެވުން އެދެމެވެ.

ސުންގަޑި: މި މަޤާމުތަކަށް އެދޭ ފަރާތްތަކުން 21 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. ( ޣާޒީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސްގެ ނަންބަރު 3328443 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.prisons.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 

- ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.

ނޯޓް: އެޕްލިކޭޝަނާ އެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

 14 ޛުލްޤަޢިދާ 1435

09 ސެޕްޓެންބަރު 2014