ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-B/1/2022/38
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 16 މޭ 2022 14:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ އެސް. އެސް. ސީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒޭމިނަރުންނާއި މާކަރުން ހޯދުން

އިޢުލާން

 

2022 ވަނަ އަހަރުގެ އެސް. އެސް. ސީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒޭމިނަރުންނާއި މާކަރުން ހޯދުން

 

2022 ވަނަ އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ މާކިންގ ސްކީމް ފައިނަލް ކުރުމާއި މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށް ގެންދިއުމަށާއި ޖަވާބު ކަރުދާސް މާކު ކުރުމަށް ތިރީގައިވާ ޢަދަދަށް މީހުން ބޭނުންވެއެވެ.

 

  • މާކިންގ ސްކީމް ފައިނަލް ކުރުމާއި މާކިންގ ވާރކްޝޮޕު ހިންގައިދިނުމަށް ކަނޑައެޅިފައިވަނީ 12,000.00 (ބާރަހާސް) ރުފިޔާއެވެ. މާކިންގ މަސައްކަތަށް ކަނޑައެޅިފައިވަނީ އެ އަހަރު މާކު ކުރާ މާކަރަކަށް ޖެހޭ ޖުމުލަ ޢަދަދުގެ އިތުރުން މަސްއޫލިއްޔަތު އެލަވަންސެވެ.
  • މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް -/60 (ފަސްދޮޅަސް) ރުފިޔާއެވެ.
  • މީގެ އިތުރުން މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، /1000 (އެއްހާސް) ރުފިޔާ، ކޮންޓިނިއުޓީ އެލަވަންސް ގެ ގޮތުގައި ދެވޭނެއެވެ.  

 

އެސް.އެސް.ސީ

ދިވެހި

އިސްލާމް

އެގްޒޭމިނަރ

3

3

އޮޑިޓަރ

3

3

މޮޑަރޭޓަރ

8

8

މާކަރ

40

40

 

  • މާކިންގސްކީމްފައިނަލްކުރުމުގެ މަސައްކަތް ކުރިއަށްދާނީ 2022 ވަނަ އަހަރުގެ ޖޫން 12 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަސައްކަތް ކުރިއަށްދާނީ މެންދުރު 13:00 ން 17:30 ގެ ނިޔަލަށެވެ.  
  • މާކިންގ ވާރކްޝޮޕް މަސައްކަތް ކުރިއަށްދާނީ 2022 ވަނަ އަހަރުގެ ޖުލައި 03 އިން 06 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަސައްކަތް ކުރިއަށްދާނީ ހެދުނު 08:00 ން މެންދުރުފަހު 17:00 އަށެވެ.  
  • މާކިންގމަސައްކަތް ކުރިއަށްދާނީ 2022 ވަނަ އަހަރުގެ ޖުލައި 10 އިން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަސައްކަތް ކުރިއަށްދާނީ ހެދުނު 08:00 ން މެންދުރުފަހު 17:00 އަށެވެ.  

 

ވީމާ، ސެކަންޑަރީ/ހަޔަރ ސެކަންޑަރީ އަށް ކިޔަވައިދެއްވައި، މިކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން "މާކު ކުރުމުގެ މަސައްކަތަށް އެދޭ ފޯމް" (ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv   އިން ލިބެން ހުންނާނެއެވެ.) ފުރިހަމަކުރުމަށްފަހު 2022 މެއި 16 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް/ ހ.އަސްރަފީވިލާ (މަޖީދީމަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް ހުށަހެޅުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.  

  • އެގްޒޭމިނަރުން ކަނޑައަޅާނީ މިފޯމަށް އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށެވެ.
  • މާކަރުން ކަނޑައަޅާނީ މި ފޯމަށް ކަނޑައެޅިފައިވާ ޕޮއިންޓާއި 4 ދުވަހުގެ މާކިންގ ވާކްޝޮޕް ފުރިހަމަ ކުރުމުން ލިބުނު ޕޮއިންޓް ޖުމުލަ ކުރުމުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން އެއަހަރަކަށް ކަނޑައަޅާފައިވާ ޢަދަދަށެވެ.
08 މޭ 2022