ދިވެހިރާއްޖެ
ނަންބަރު: BAM/IUL/2022/007
ނޯޓް: ރެޖިސްޓްރޭޝަން ފީ ދެއްކުމުގެ ތާރިޙް މާރިޗު 2021އިން މާރިޗު 2022 އަށް އިސްލާހް ކުރެވިފައި
އިޢުލާން
އަހަރީ ޢާއްމު ޖަލްސާ 2022
01 މެއި 2022 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2022 ވަނަ އަހަރުގެ 02 ވަނަ ޖަލްސާގައި މިއެސޯސިއޭޝަންގެ އަހަރީ ޢާއްމު ޖަލްސާ 10 މެއި 2022 ވާ އަންގާރަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.
ހިންގާ ޤަވާޢިދުގެ 13(ތޭރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުން އަދި ހިންގާ ޤަވާޢިދުގެ 16(ސޯޅަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ 18 އަހަރުން މަތީގެ ޕޫލް މެމްބަރުން 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް މެމްބަރޝިޕް ފީ ދައްކާފައިވާ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ޙައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.
އެސޯސިއޭޓް މެމްބަރުން (ކްލަބު) ގެ ތެރެއިން، މިއެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 12(ބާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން މިއެސޯސިއޭޝަންގައި ރަޖިސްޓްރީވެ ޙަރަކާތްތެރިވެފައިވާ އެސޯސިއޭޓް މެމްބަރުން (ކްލަބު) ގެ ތެރެއިން 30 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކަވާ، ފާއިތުވި 2 އަހަރުގެ މިއެސޯސިއޭޝަންގެ މެމްބަރ ކްލަބްތަކަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ޙައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.
ޝަރުތުހަމަވާ ކްލަބް ޖަމުޢިއްޔާ އަދި ފުރިހަމަ މެމްބަރުންގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. ޢާއްމު ޖަލްސާ އަށް އެންމެހާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.
08 މެއި 2022 ވާ އާދިއްތަ ދުވަހު ޢާއްމު ޖަލްސާ ބޭއްވޭނެ ތަނާއި ގަޑި އިޢުލާން ކުރެވި ގެޒެޓް ކުރެވޭނެކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
02 މެއި 2022