ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2022/39‎
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2022
ޕަބްލިޝްކުރި ގަޑި: 22:46
ސުންގަޑި: 26 މޭ 2022 23:59
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
‏ޕްރިޒަން އޮފިސަރ ‏

                 `

                                           

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

    މާލެ، ދިވެހިރާއްޖެ

     

                                                     

                   އިޢުލާން

މި ސަރވިސްއަށް ތިރީގައި މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްރިޒަން އޮފިސަރ (ފިރިހެން/އަންހެން)

ރޭންކް:

ޕްރިޒަން ޕްރައިވެޓް

ކްލެސިފިކޭޝަން:

ނޮން-ކޮމިޝަންޑް އޮފިސަރސް

ބޭނުންވާ އަދަދު:

180

އަސާސީ މުސާރަ:

މަހަކު -/6,050  ރުފިޔާ

އެލަވަންސްތައް:

ސަރވިސް އެލަވަންސް: -/3500 ރުފިޔާ (ހުވައި ކުރުމަށް ފަހު)

ލިވިންގ އެލަވަންސް: -/2500 ރުފިޔާ (ހުވައި ކުރުމަށް ފަހު)

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45 އިންސައްތަ (ހުވައި ކުރުމަށް ފަހު)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ (ވަޒީފާ ދޭ ދުވަހުން ފެށިގެން)

މަސައްކަތް ކުރަންޖެހޭ ތަން:              

ހެޑް އޮފީހާއި ޖަލުތަކުގައި

ފެންވަރު ނުވަތަ ޝަރުތު:                            

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،

  • ސާނަވީ އިމްތިހާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައި ވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައި ވުން؛ ނުވަތަ
  • ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލްކޮށްފައި ވުން.
  • މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 35 (ތިރީސް ފަހެއް) އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޤާނޫނު ނަންބަރު :2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް ޖަލުތަކުގައި މަސައްކަތްކުރުން.

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ފިޒިކަލް ފިޓްނަސް ހުރި މިންވަރު.
  • ތަޢުލީމީ ފެންވަރު.
  • އިންޓަވިއު މާކްސް.

ޝޯޓް ލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާތިލް ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައި ވާ ވަޒީފާއަށް އެދޭ ފޯމް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ނަކަލު.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ނަކަލު.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). 
  • ދިވެހި ސިވިލް ސަރވިސްއަށް ނުވަތަ ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކު ނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުންތަކުގެ ސާފު ނަކަލު.
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ނަކަލު.
  • ޕޮލިސް ރިޕޯޓް.

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 2022 މެއި 26 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ ރަސްމީ ދުވަސްތަކުގައި ޤާޒީ ބިލްޑިންގ ފުރަތަމަ ފަންގިފިލާގައި ފޯމް ބަލައިގަތުމަށް ހާއްސަ ކުރެވިފައިވާ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

އިތުރު ތަފްސީލް:

 

  • ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި އަދި އަލަށް ނަގާ އޮފިސަރުންގެ ފިޒިކަލް ފިޓްނަސް މިންގަނޑު މި ސަރވިސްގެ www.corrections.gov.mvވެބްސައިޓުން ލިބެން ހުންނާނެއެވެ.
    • ވަޒީފާއަށް އެދޭ ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ.
    • މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށާއި އީމެއިލް ލިބުނުކަން ކަށަވަރު ކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

  

05 މޭ 2022