މަސައްކަތް
ނަންބަރު: (IUL)URH/2022/25
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2022
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި: 16 މޭ 2022 00:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފު ކޮށްދޭނެ ފަރާތެއް 01 އަހަރު ދުވަހަށް ހޯދުމަށް.

އިޢުލާން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފު ކޮށްދޭނެ ފަރާތެއް 01 އަހަރު ދުވަހަށް ހޯދުމަށް.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ (IUL)URH/2022/19  (06 މާރިޗް 2022) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ  މިއިޢުލާން ބާތިލް ކުރުމަށްފަހު އަލުން މިފުރަޝަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް މީޓިން ރޫމަށް ވަޑައިގެން ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

05 މޭ 2022 ވާ ބުރާސްފަތި  ދުވަހުން ފެށިގެން 16 މޭ 2022 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީ ދުވަސްތަކުގައި ( ނަންނޯޓް ކުރުމަށް ރަޖިސްޓްރޭސަން ފޯރމް ފުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މައުލޫމާތު ދިނުން

17 މޭ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00

އަންދާސީ ހިސާބު ހުށައެޅުއްވުން

19 މޭ ވާ ބުރާސްފަތި ދުވަހުގެ ހެދުނު 13:00

 

މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7863861 އަށް ގުޅުއްވުން އެދެމެވެ.

05 މޭ 2022