ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2022/19
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2022
ޕަބްލިޝްކުރި ގަޑި: 21:24
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ހޮޅި އެޅުމަށް މަގުކޮންނަ ސަރަހައްދުތަކުގައި އަމިއްލަ ގޮތުން އަޅާފައިވާ ފާހާނާ ހޮޅިތަކާބެހޭ

ނަރުދަމާ ހޮޅި އެޅުމަށް މަގު ކޮންނަމުންދާއިރު، އަމިއްލަ ފަރާތްތަކުން މަގުތަކުގައި އަޅަފައި ހުރި ފާހާނާ ހޮޅިތައް، އެހުރި ގޮތަށް ބަހައްޓައިގެން ކޮނުމަށް ދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ.

ނަރުދަމާގެ ހިދުމަތް ޤާއިމްކުރުމަށް މަގުތައް ކޮންނަމުންދާއިރު، އަމިއްލަގޮތުން މަގުމަތީގައި ފާހާނާ ހޮޅި އަޅާފައިވާ ސަރަހައްދުތަށް ކޮންނަ ދުވަސްތަކު، އަމިއްލަގޮތުން މަގުމަތީ އަޅާފައިވާ ހޮޅިތައް ވަގުތީގޮތުން ނެގުމަށްފަހު އެސަރަހައްދުތައް ކޮނުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި އެސަރަހައްދެއް ކޮނެ ނިމުމުން އަލުން އެހޮޅިތައް ވަޅުލައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތަށް ނަގާ ހޮޅިތައް އަލުން ވަޅުލާއިރު މަގުމަތީގައި ބަހައްޓާފައިވާ ޖަންގްސަންތަކުގެ ބަދަލުގައި ހަމައެކަނި ހޮޅި ޖޮއިންޓް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަމިއްލަ ގޮތުން ފާހާނާ ހޮޅި އަޅާފައިވާ މަގުތައް، ނަރުދަމާގެ ހިދުމަތް ޤާއިމްކުރުމަށް ކޮންނަމުންދާ ދުވަހު، އަމިއްލަ ގޮތުން އަޅާފައިވާ ހޮޅިތައް ބޭނުންނުކުރެވޭނެކަން ހިތާމައާއިއެކު ފާހަގަކުރަމެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ އެންމެހާ ދަތިތަކަށް މައާފަށް އެދެމެވެ. އަދި ނަރުދަމާގެ ހިދުމަތް ޤާއިމްކުރުމަށް މަގުތަށް ކޮނުމަށް ރައްޔިތުންގެ ފަރާތުން ދެއްވަމުންގެންދާ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަމެވެ. 

04 މޭ 2022