މަސައްކަތް
ނަންބަރު: (IUL)IM/1/2022/49
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2022
ޕަބްލިޝްކުރި ގަޑި: 12:43
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލައިބްރަރީއަށް ފޮތް ބަހައްޓާ ހަރުގަނޑު އަދި މޭޒުޖެހުން
- މިސްކޫލްގެ ލައިބްރަރީއަށް ބޭނުންވާ ހަރުގަނޑާއި މޭޒު ޖެހުމަށް ބޭނުންވެގެން ކުރެވުނު މިސްކޫލްގެ ނަންބަރ: (IUL)IM/1/2022/44 އިއުލާނާއި ގުޅިގެން ހުށައެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިއުލާން ބާތިލްކޮށް، މިމަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމާގުޅޭ މައުލޫމާތު ދިނުން އޮންނާނީ 08 މެއި 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10.30 ގައި އިމާދުއްދީން ސްކޫލްގައެވެ. ބީލަން ހުށައެޅޭނީ މައުލޫމަތު ދިނުމުގެ ސެޝަންއަށް ވަޑައިގެން ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.00 ގައި ޢިމާދުއްދީން ސުކޫލުގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 މެއި 2022 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިމާދުއްދީން ސްކޫލް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: , 33157633315759
އީ-މެއިލް: [email protected]
04 މޭ 2022