ނޫސްބަޔާން
ނަންބަރު: (PR)203-ECA/1/2022/3
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2022
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 12 މޭ 2022 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސްބަޔާން- OCEAN SURVEYOR (IMO No. 9182215) އުޅަނދުގެ HiPAP ސިސްޓަމް މައްސަލައާ ގުޅިގެން ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން.

                                         ނަންބަރު:(PR)203-ECA/1/2022/3

ނޫސްބަޔާން

OCEAN SURVEYOR (IMO No. 9182215) އުޅަނދުގެ HiPAP ސިސްޓަމް މައްސަލައާ ގުޅިގެން ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުންތަކަށްޖޫރިމަނާކުރުން.

01 އެޕްރީލު 2022 ގައި ސުރުޙީގައި ދެންނެވިފައިވާ އުޅަނދު ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް އެ އުޅަނދުގައި ބޭނުންކުރަމުން އައި HiPAP ސިސްޓަމްގެ USBL ޕޯލްއާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު އެ ފަރުގައި ޖެހިފައިވާކަން އެ ފަރާތުން މި އެޖެންސީއަށް ފޮނުއްވި މަޢުލޫމާތުން އެނގިފައިވާތީވެ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުގެ ބޭފުޅުންނާއި ގުޅިގެން މި އެޖެންސީން 13 އެޕްރީލު 2022 ގައި އެ ސަރަޙައްދަށް ކަނޑުފީނައިގެން ކުރި ސަރވޭގައި ފަރަށް ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. 

މިގޮތުން، ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 198,112.73  (އެއްލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ބާރަ ރުފިޔާ ހަތްދިހަ ތިންލާރި) ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ވަނީ ޖޫރިމަނާކުރެވިފައެވެ. އަދި، މި އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 03 މެއި 2022 ގައި ވަނީ އެންގިފައެވެ.

02 ޝައްވާލު 1443

03 މެއި 2022

04 މޭ 2022