ދިވެހިރާއްޖެ
ނަންބަރު: BAM/IUL/2022/08
އިޢުލާން
އަހަރީ ޢާންމު ޖަލްސާ 2022 (ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓް)
މިއެސޯސިއޭޝަންގެ 02 މެއި 2022 ގެ އިޢުލާން ނަންބަރު: BAM/IUL/2022/07 ގައި ވާފަދައިން 01 މެއި 2022 ގައި ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި މި އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 10 މެއި 2022 ވާ އަންގާރަ ދުވަހު ބޭއްވުމަށް ނިންމާ ތާވަލުކޮށްފައިވާކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާންކޮށް ދަންނަވަމެވެ.
މި ޖަލްސާގައި ބައިވެރިވެ ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް):
- އެސޯސިއޭޓް މެމްބަރ ( ކްލަބް ) ، އެސޯސިއޭޓް މެމްބަރުންގެ ތެރެއިން މިއެސޯސިއޭޝަންގެ 02 މެއި 2022 ގެ އިޢުލާން ނަންބަރުBAM/IUL/2022/07 ގައިވާގޮތަށް 31 މާރިޗު 2022 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކާފައިވަނީ ޖުމްލަ 13 އެސޯސިއޭޓް މެމްބަރުން (ކްލަބު) އެވެ. ނަމަވެސް ހިންގާ ހިންގާ ޤަވާޢިދުގެ 12(ބާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ފާއިތުވި ދެއަހަރު ތެރޭގައި މިއެސޯސިއޭޝަންގައި ރަޖިސްޓްރީވެ ހަރަކާތްތެރިވެފައިވާ މެމްބަރ ކްލަބް ތަކުގެ ތެރެއިން އަހަރީ ޢާއްމު ޖަލްސާ ގައި ބައިވެރިވެ ވޯޓް ލުމުގެ ހައްޤު ލިބި، ޝަރުތު ހަމަވަނީ ޖުމްލަ 4 (ހަތަރެއް) އެސޯސިއޭޓް މެމްބަރު (ކްލަބް) އެވެ.
 
- ކްލަބް ސްޓެޓިކް
 - ދަ ގްރޫޕް ސްޕޯރޓްސް ކްލަބް
 - ރިވައިވަލް ސްޕޯޓްސް ކްލަބް
 - ސީ.އެސް ސްޕޯޓްސް
 
- ފުރިހަމަ މެމްބަރުން ، އެކްޓިވް ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) ގެ ތެރެއިން ހިންގާ ޤަވާޢިދުގެ 11(އެގާރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން މިއެސޯސިއޭޝަންގެ 02 މެއި 2022 ގެ އިޢުލާން ނަންބަރުBAM/IUL/2022/07 ގައިވާގޮތަށް 31 މާރިޗު 2022 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2021 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް، 2021 ވަނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ކަލަންޑަރ ހުށައަޅާފައިވަނީ ހަމައެކަނި 1 (އެއް) ފުރިހަމަ މެމްބަރު (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) އެވެ.
 
- ނ.ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ
 
- ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ފަރުދީ މެމްބަރުންގެ ތެރެއިން ހިންގާ ޤަވާޢިދުގެ 13(ތޭރަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ މެމްބަރުން އަދި ހިންގާ ޤަވާޢިދުގެ 16(ސޯޅަ) ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ 18 އަހަރުން މަތީގެ ޕޫލް މެމްބަރުންގެ ތެރެއިން މިއެސޯސިއޭޝަންގެ 02 މެއި 2022 ގެ އިޢުލާން ނަންބަރުBAM/IUL/2022/07 ގައިވާގޮތަށް 31 މާރިޗު 2021 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް، 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕްފީ ދައްކަވާ މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވަނީ ޖުމްލަ 31(ތިރީސް އެކެއް) މެމްބަރުންކަން ވެސް ދަންނަވަމެވެ.
 
މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓް
| 
 #  | 
 މެމްބަރޝިޕް ނަންބަރު  | 
 ނަން  | 
| 
 1  | 
 0001  | 
 އިޝްފާން މުޙައްމަދު  | 
| 
 2  | 
 0029  | 
 މޫސާ މަންސޫރު  | 
| 
 3  | 
 0049  | 
 އާމިނަތު ޢަލީ  | 
| 
 4  | 
 0068  | 
 ޙުސައިން ޢާތިފް  | 
| 
 5  | 
 0209  | 
 ފާތިމަތު ސަޢީދާ  | 
| 
 6  | 
 0222  | 
 މޫސާ ނާޝިދު  | 
| 
 7  | 
 0314  | 
 އަޙްމަދު ޝާކިރު މޫސާ  | 
| 
 8  | 
 0508  | 
 ސިޔާދު ޙަބީބް  | 
| 
 9  | 
 0516  | 
 މުރުޝިދާ ޢަބްދުލް މަންނާން  | 
| 
 10  | 
 0619  | 
 އަޙްމަދު ޝިހާމް  | 
| 
 11  | 
 0874  | 
 އިބްރާހިމް ރަބީތް  | 
| 
 12  | 
 1585  | 
 އަޙްމަދު ފިރާޤް  | 
| 
 13  | 
 1697  | 
 އަޙްމަދު އިޔާދު  | 
| 
 14  | 
 1732  | 
 ޢަބަދުލް މަޖީދު  | 
| 
 15  | 
 1880  | 
 އިމާދު ޢަބްދުލް ޤާދިރު  | 
| 
 16  | 
 2120  | 
 މިޝާލް އިބްރާހިމް މުޙައްމަދު ދީދީ  | 
| 
 17  | 
 2121  | 
 ޔޫޝައު ސަޢީދު  | 
| 
 18  | 
 2122  | 
 އަޙްމަދު އިސްމާޢިލް  | 
| 
 19  | 
 2340  | 
 އިބްރާހިމް ރިޔާޒް  | 
| 
 20  | 
 2539  | 
 މަލަކް ޝާފިއު  | 
| 
 21  | 
 2573  | 
 ޢަބްދުﷲ ޢަޒީޒް  | 
| 
 22  | 
 2677  | 
 އަޙްމަދު އަލީ  | 
| 
 23  | 
 3010  | 
 އަޙްމަދު ސިރާޖް  | 
| 
 24  | 
 3192  | 
 މިންނާ ރަޝީދު  | 
| 
 25  | 
 3241  | 
 އައިޝަތު ޔުމްނާ  | 
| 
 26  | 
 3274  | 
 މަރިޔާ ޢަބްދުﷲ  | 
| 
 27  | 
 3474  | 
 އައިމިނަތު ޒީނާ  | 
| 
 28  | 
 3475  | 
 އައިމިނަތު ޙަލީމް  | 
| 
 29  | 
 3735  | 
 މުޙައްމަދު އަޙްމަދު  | 
| 
 30  | 
 3910  | 
 ހަސަން ޢަބްދުލް ޤާދިރު  | 
| 
 31  | 
 4058  | 
 މުޙައްމަދު އަޙްޝަދު  | 
މި ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ނަން ލިސްޓް ތަކަކީ 01 މެއި 2022 ގައި ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި މިއެސޯސިއޭޝަންގެ 02 މެއި 2022 ގެ އިޢުލާން ނަންބަރުBAM/IUL/2022/07 އާއި އެއްގޮތަށް ހިންގާ ޤަވާއިދުގައިވާ ގޮތުގެމަތިން ފާސްކޮށް އެގްޒެކެޓިވް ކޮމިޓީއިން އެންޑޯޒްކޮށްފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ގެ ނަން ލިސްޓްކަން ދަންނަވަމެވެ.
މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2022/07 ގައިވާގޮތަށް 31 މާރިޗު 2022 ގެ ނިޔަލަށް 2022 ވަނަ އަހަރަށް ފީ ދައްކާފައިވާ މިއެސޯސިއޭޝަންގެ އެސޯސިއޭޓް މެމްބަރ ( ކްލަބް ) އަދި ފަރުދީ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބިދެއެވެ. ނަމަވެސް ކޯރަމްގެ ގޮތުގައި ނުހިމެނޭނެއެވެ.
ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) ގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. ނަންފޮނުވާފައިވާ ފަރާތްތަކުން އިތުރު ބަދަލެއް ގެންނަނަމަ ލަސްވެގެން ޖަލްސާބޭއްވުމުގެ 24 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ.
މެމްބަރުންގެ ލިސްޓާއި ބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންފުޅުނަމަ އެކަމެއް ލިޔުމުން 05 މެއި 2022 ގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށައެޅުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަންގެ ފޯން 3314057 އަށް ހެނދުނު 10:00 އާއި މެންދުރު ފަހު 13:00 އާއި ދެމެދު ގުޅުންވުން އެދެމެވެ.
03 މެއި 2022