ވަޒީފާގެ ފުރުޞަތު
ނަންބަރު: BAM/IUL/2022/006
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 17:18
ސުންގަޑި:
05 މޭ 2022 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
މި އެސޯސިއޭޝަންގެ ޚަޒާންދާރުގެ މަޤާމު ހުސްވެފައިވާތީ އެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭނުންވެއެވެ.
ވީމާ ޚަޒާންދާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އެންމެހައި މެމްބަރުންނަށް ހުޅުވާލަމެވެ.
މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަނަވަރާއި އައި.ޑީ.ކާޑްގެ ކޮޕީއާއިއެކު 05 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ
ކުރިން މިއެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުމަށް އެދެމެވެ.
މަސްޢޫލިއްޔަތު
- އެސޯސިއޭޝަންގެ ހިސާބުތައް ތައްޔާރުކޮށް ރަނގަޅަށް ބަލަހައްޓައި ފައިސާގެ ހުރިހާ ކަމަކަށް މަސްޢޫލުވުން
- ހިންގާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ފައިސާ ބަލައިގަނެ، ފައިސާ ދޫކުރަންޖެހޭ ފަރާތް ފަރާތަށް ފައިސާ ދޫކުރުން.
- ކޮންމެމަހަކު އެއްފަހަރު އެސޯސިއޭޝަންގެ ހިސާބުތަކުގެ ރިޕޯރޓް ތައްޔާރުކުރުން، މިގޮތުން ހުށަހަޅާ ރިޕޯޓުގައި، ލިބުނު ފައިސާއާއި
ހިނގި ޚަރަދު އަދި ލިބެން ހުރި ފައިސާއާއި ޚަރަދު ކުރަން ކަނޑައަޅާފައިވާ ފައިސާގެ ހިސާބު ސާފުކޮށް އެނގެން އޮންނަން ވާނެއެވެ.
އޭޕްރިލް 2022
30 އޭޕްރިލް 2022