ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-PR/1/2022/46
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:17
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އިޢުލާން ބާޠިލް ކުރުމާއި ބެހޭ.

މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހުގެ ސަރވަރ ރޫމްގެ ކަރަންޓް ޕެނަލް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2 ވަނަ ފަހަރަށް ކުރި ނަންބަރު (IUL)14-PR/1/2022/27 (13 މާރިޗު 2022) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އަގު ބޮޑު ކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކޮށްފީމެވެ.

ވީމާ، މި ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

30 އޭޕްރިލް 2022