ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)311/311/2022/21
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 12 މޭ 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި، ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އަދާހަމަކުރުމާއިގުޅޭ

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީ، މިރަށުގައި ދުއްވާ އެންމެހާ އެއްގަމާއި، ކަނޑުގެ އުޅަނދު ފަހަރުގެ ދަފްތަރު އަދާހަމަކުރުމަށް ބޭނުންވެއެވެ.

 ވީމާ، މިރަށުގައި ދުއްވާ އެންމެހައި އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީގެ ކޮޕީ މިއިދާރާއަށް ހުށަހަޅާފައިނުވާ ފަރާތްތަކުން އެފަދަ އުޅަނދުތަކުގެ ވެހިކަލް/ވެސަލްގެ  ރަޖިސްޓްރީގެ ކޮޕީ، އައި.ޑީ ކާޑުގެ ކޮޕީ، ވެރިފަރާތުގެ  އެޑްރެސް  އަދި ގުޅޭނެ  ނަންބަރު، 12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިރީގައިމިވާ ފޯރމް މެދުވެރިކޮށް ކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ގޫގުލް ފޯރމް ލިންކުhttps://forms.gle/CNoWfq264YsCwiYV6  

 ދަންނަވަމެވެ، މިއިދާރާގެ ފަރާތުން ބަލަހައްޓަމުންގެންދާ އެއްގަމާއި ކަނޑު އުޅަނދުފަހަރާއިބެހޭ ދަފްތަރު އަދާހަމަކުރުމަށްޓަކައި އެއްމެހާ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން މިއިދާރާއަށް ފޯރުކޮށްދެއްވުންއެދި ދެންނެވީމެވެ. އަދި ކުރިޔަށް  އޮތްތަނުގައިވެސް  އެއްގަމު ނުވަތަ  ކަނޑުގެ  އުޅަނދެއް  ރަށަށްގެނެސްފިނަމަ  ދަފްތަރުގައި  ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

https://docs.google.com/forms/d/e/1FAIpQLSfwh7ew60jm4ywlZsa7OQvxZIugatPJv1cJXAe2z_mMWiWC5Q/viewform

 

28 އޭޕްރިލް 2022