ދިވެހިރާއްޖެ
މި އިޢުލާންވަނީ 20 ޖޫން 2022 13:25 ގައި ބާތިލް ކުރެވިފައެވެ.
ތ.ތިމަރަފުށި އެއަރޕޯޓް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއިއެކު ހިމެނިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް ފުރުއްވުމަށްފަހު މި ކުންފުނީގެ އީމެއިލް [email protected] ، [email protected] އަދި [email protected] އަށް މެއިލް ކުރައްވައިގެން ޝައުގުވެރިކަން ފާޅު ކުރެއްވުން އެދެމެވެ. ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ 08 މެއި 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ.
އިސްވެ ދެންނެވުނު ސުންގަޑީގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން ޝައުގުވެރިކަން ފާޅު ނުކުރައްވާ ފަރާތްތަކާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
*މަތީގައި ދެންނެވިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް އަދި ބިޑްއާއި ގުޅޭ މައުލޫމާތު މި އިއުލާނާއި އެކު ޑައުންލޯޑް ކުރެއްވޭނެއެވެ.