ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-F/INDIV/2014/7
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 23 ސެޕްޓެންބަރު 2014 15:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރި ފެއަރއެއް ބޭއްވުމާބެހޭ

ޢިއުލާނު

މި އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން 16 އަދި 17 އޮކްޓޫބަރު 2014ގައި މާލޭގައެވެ. މިގޮތުން މިދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ދަނޑުވެރި ފެއަރއެއް މިދެދުވަހު ކުރިއަށް ގެނދިއުމަށްވަނީ ހަމަޖައްސާފައެވެ. މިފެއަރގެ ބޭނުމަކީ ރާއްޖޭގައި ހައްދާ ތަކެއްޗާއި، ދަނޑުވެރިތަކެތިން އުފައްދާ ވެލިއު އެޑަޑް ޕްރޮޑަކްޓްސް، ތިމާވެއްޓާ ރައްޓެހިގޮތެއްގައި ބޭނުންކުރާ ގަސްކާނާ އާއި ބޭސް، ގަސްއިންދުމަށްޓަކައި ބޭނުންކުރާ ތަފާތު ވައްތަރުގެ މުޑުވައް، ދަނޑުވެރިކަމަށް ބޭނުންކުރާ ތަފާތު ސާމާނު އަދި ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ތަފާތު ޓެކްނޮލޮޖީ ދައްކާލުމެވެ. އަދި މީގެ އިތުރުން މިފެއަރގެ ތެރޭގައި ދަނޑުވެރިކަމާ ގުޅުންހުރި ތަފާތު މަޢުލޫމާތު ސެޝަންތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ދަނޑުވެރިކަމުގައި ބޭނުންކުރާ އާލާތްތައް މާކެޓްކުރުމަށް ބޭނުންވާ ކުންފުނި، ކޯޕަރޭޓިވްސް އަދި ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ފަޅުރަށްތައް މެނޭޖްކުރާ ފަރާތްތަކަށް މި ފެއަރގައި ބައިވެރިވުމަށް ހުޅުވާލަމެވެ. މީގެ އިތުރުން ދަނޑުވެރިކަން ކުރާ ރަށްރަށުގެ ކައުންސިލްތަކަށްވެސް އެރަށްރަށުގެ އުފެއްދުންތައް ތަމްސީލުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިފަދަ ތަކެތި މާކެޓްކުރުމަށް ބޭނުންވާ ފަރާތްތަކުން މިފެއަރގައި ބައިވެރިވެލައްވަން ބޭނުންވާނަމަ 23 ސެޕްޓެންބަރު 2014ގެ 15:00ގެ ކުރިން ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ދަނޑުވެރި ފެއަރގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމު ފުރުއްވުމަށްފަހު މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ދަނޑުވެރި ފެއަރގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމު މި މިނިސްޓްރީގެ ކައުންޓްރުންނާއި ވެބްސައިޓުން  http://www.fishagri.gov.mv ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.  

 

09 ސެޕްޓެންބަރު 2014