ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/66
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 21:49
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަހު މާލޭ ސިޓީގެ ބައެއް މަގުތައް ބަންދުކުރުމާ ގުޅޭ

1443 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަހުގެ މުނާސަބާގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން  ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވުމާއެކު މިކަމަށް ތައްޔާރުވުމުގެގޮތުންނާއި އަދި ކުޑަކުދިންގެ ހަވީރު ބޭއްވުމަށްޓަކައި، 3 މެއި 2022 ވާ އަންގާރަ ދުވަހު ހެނދުނު 9:00 އިން ފެށިގެން އެ ރޭގެ 7:00 އަށް މަޖީދީމަގުން ފެށިގެން ރަސްފަންނު ކުރިމަތިން އުތުރަށް ކުރީގެ ވެސްޓް ޕާކާ ހަމައަށް ބޮޑުތަކުރުފާނުމަގު މަގު ބަންދުކުރާގޮތަށް ހަމަޖެހިފައިވުމާއި އަދި ފިތުރު ޢީދު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 8:00 އާ ދެމެދު ފައިމަގުގައި ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސާފައިވާތީ، އެކަން ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ. 

ވީމާ، މި ވަގުތުތަކުގައި މަގުމަތީގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރެއްވުމަށް ދެންނެވީމެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް  މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

28 އޭޕްރިލް 2022