ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2022/24
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 19:29
ސުންގަޑި: 09 މޭ 2022 15:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

 11 ޖޫން 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ބާ ކައުންސިލުގެ ވެބްސައިޓްގައި ޢާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު" ގައި ހިމެނޭ ޤާނޫނީ ވަކީލުންނަށް ލިބިގެންވެއެވެ. (ލިންކް: https://maldivesbarcouncil.org/membership-roll/)

 މި ދަފުތަރާ ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، އެ ޝަކުވާއެއް ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 09 މޭ 2022 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ޝަކުވާ ފޯމް ލިންކް:  https://forms.office.com/r/uetJdY2jrt

28 އޭޕްރިލް 2022