ދިވެހިރާއްޖެ
ޕްރިޒަން އޮފިސަރ މަޤާމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުން
މޯލްޑިވްސް ކަރެކްޝަން ސަރވިސްގެ މަސައްކަތް ކުރުމަށް ގިނަ އަދަދެއްގެ އޮފިސަރުން ހޯދުމަށް އެފަރާތުން ބޭނުންވެއެވެ. މިމަޤާމުތަކަށް ޝައުގުވެރިވާ ޒުވާނުން ހޯދުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސްގެ ޓީމެއް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އެބޭފުޅުންގެ ދަތުރުގައި މިސިޓީގެ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނާ 9 މެއި 2022 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ބައްދަލުކޮށް ޒުވާނުންނަށް ހުރި ފުރުސަތުތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން ތިރީގައިވާ ލިންކް މެދުވެރިކޮށް 8 މެއި 2022 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/sTea3xa9o22Ngpq9A