މަސައްކަތް
ނަންބަރު: (IUL)485/1/2022/19
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 26 މޭ 2022 10:59
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ތެލުގެ ދާއިރާގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް

ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު (2021/18) ތަސްދީޤު ކުރުމާގުޅިގެން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން، ތެޔޮ ރާއްޖެއިން ބޭރުކުން، ރާއްޖެއަށް އެތެރެކުން، ރާއްޖެއިން ރީ-އެކްސްޕޯޓް، ރިފައިންކުރުން، އުފުލުން، ރައްކާކުރުން އަދި ވިއްކުން ބެލެހެއްޓުމުގެ އެންމެހައި ކަންކަން  ކުރުމަށް ވަނީ މަތިކުރެވިފައެވެ. މީގެ އިތުރުން، ދާއިރާއާގުޅޭގޮތުން، އޮތޯރިޓީގެ މުވައްޒިފުންނަށް ފަންނީ ތަމްރީނުތައްދީ، ދާއިރާކުރިއަރުވާ، ދެމެހެއްޓެނިވި ގޮތެއްގައި، އޮތޯރިޓީއާ މަތިކުރެވިފައިވާ މަސައްކަތްތައް ތަންފީޛުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ދިރާސާކޮށް، ދަނީ ކުރެވެމުންނެވެ. އެހެންކަމުން، މި އިއުލާނާއެކު އެއްއުރަ ކުރެވިފައިވާ މައުލޫމާތު ޝީޓް (ޓަރމްސް އޮފް ރިފަރަންސް)އަށް ރިޔާއަތްކޮށް، ބަންދުކުރެވިފައިވާ ބީލަން ހުށަހެޅުމަށް، ޤާބިލް އަދި ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

28 އޭޕްރިލް 2022