ދިވެހިރާއްޖެ
"ޔުނެސްކޯ ފުވައްމުލައް ބަޔޮސްފިއަރ ރިސާރވް" ގެ އެޑްވައިސަރީ ކޮމެޓީއަށް އެކި ދާއިރާތަކުގެ ބޭފުޅުން އައްޔަން ކުރުމާއި ގުޅޭ
28 އޮކްޓޯބަރ 2020 ގައި ބޭއްވުނު 32ވަނަ “Man And Biosphere Reserve International Committee” (MAB ICC) ގައި ފުވައްމުލައް ވަނީ ޔުނެސްކޯ ބަޔޮސްފިއަރ ރިސާރވެއް ކަމަށް ކަނޑައަޅާފައެވެ. ވީމާ ޔުނެސްކޯ ފުވައްމުލައް ބަޔޮސްފިއަރ ރިސާރވަށް އެޑްވައިސަރީ ކޮމެޓީއެއް އެކުލަވާލަން ޖެހެއެވެ. މި ކޮމެޓީގައި ހިމެނޭނީ ޔުނެސްކޯ ފުވައްމުލައް ބަޔޮސްފިއަރ ރިސާރވާއި ބެހޭގޮތުން ގޮތްނިންމުމަށް ލަފާ ހޯދުން މުހިންމު ކޮންމެ އިދާރާއެއް/ދާއިރާއެއް ތަމްސީލުކުރާ (1) ބޭފުޅެކެވެ.
މި ކޮމެޓީ އެކުލަވާލުމުގެ މަޤްސަދުތަކަކީ:
1. ބަޔޮސްފިއަރ ރިސާރވެއްގައި ހުންނަންޖެހޭ ސިފަތައް ހާސިލުކުރުމަށް، ބޭނުންވާ އުސޫލުތައް ކަނޑައަޅައި، ގޮތްނިންމުމުގައި އަދި ތަންފީޒުކުރުމުގައި ސްޓޭކްހޯލްޑަރުން ބައިވެރިކުރުވާ ލަފާހޯދުން.
2. އަތޮޅު ފެންވަރުގައި MAB ޕްރޮގްރާމްގެ ލަނޑުދަނޑިތަކާއި މަޤްސަދުތައް ހާސިލްކުރުމަށް ބޭނުންވާ ކަންކަމަށް ލަފާ ދީ ކޯޑިނޭޓްކުރުން.
3. ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށްޓަކައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، އެ ތަންތަނުން މަންފާ ހޯދޭނެ މަގުފަހިކޮށް، އިޤްތިސާދު ކުރިއެރުވުން.
ވީމާ ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ދާއިރާތައް ތަމްސީލުކުރުމަށްޓަކައި ފުވައްމުލައް ބަޔޮސްފިއަރ ރިސާރވް ގެ އެޑްވައިސަރީ ކޮމެޓީއަށް އައްޔަން ކުރާނެ ބޭފުޅަކާއި އަދި އެ ބޭފުޅަކަށް ކޮމެޓީގެ ބައްދަލުވުމެއްގައި ބައިވެރި ނުވެވިއްޖެ ހާލަތެއްގައި ބަދަލުގައި ބައިވެރިވާނެ މެމްބަރެއް ހޮވުމަށް ބޭއްވޭ ބައްދަލުވުންތަކެއް ތިރީގައިވާ ތާވަލުގައިވާ ގޮތަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި ދާއިރާތަކުގައި މަސައްކަތްކުރާ އެންމެހާ ބޭފުޅުންނަށް ތާވަލުގައި ވާ ގޮތަށް ބައްދަލުވުވުމުގައި ބައިވެރިވުމަށް ދައުވަތު އަރުވާ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ދާއިރާ |
ދުވަސް |
ގަޑި |
ތަން |
މަސްވެރިކަން |
06 މެއި 2022 |
16:00 |
ކުރުނދުމާ މާލަމް (ފުވައްމުލައް ސިޓީ ކައުންސިލް އިދާރާ) |
ދަނޑުވެރިކަން |
06 މެއި 2022 |
20:30 |
|
ގެސްޓް ހައުސް އަދި ހޯމް ސްޓޭ |
07 މެއި 2022 |
20:30 |
|
ޑައިވް ސެންޓަރ |
07 މެއި 2022 |
21:15 |
|
ޖަމްޢިއްޔާތައް |
08 މެއި 2022 |
20:30 |
|
ދިވެހި ބޭސްވެރިކަން |
09 މެއި 2022 |
10:00 |
|
ސަޤާފަތާއި އާސާރީ ތަރިކަ |
09 މެއި 2022 |
11:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ފުވައްމުލަކު ނޭޗަރ ޕާރކުގެ ނަންބަރު 7590059 އަށް ގުޅުއްވުން އެދެމެވެ.