ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2022/43
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 22 މޭ 2022 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: ޕޮލިސް ރެކްރޫޓް

މުސާރަ: /-11،810 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/4,650 ރުފިޔާ

ސަރވިސް އެލަވަންސް: -/5,000 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %40 (-/1,860 ރުފިޔާ)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ

- ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ 10 އިންސައްތަ، ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ 15 އިންސައްތަ، މާސްޓަރސް – އަސާސީ މުސާރައިގެ 20 އިންސައްތަ) އަދި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެއެވެ.

މަސްޢޫލިއްޔަތާއި ވާޖިބު: 

ދިވެހި ފުލުހުންގެ ޙިދުމަތުގެ ޤާނޫނު ނަންބަރު (34/2020) ގައި ފުލުހަކު އަދާ ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުތުތައް:

 1. ސާނަވީ ތަޢުލީމުގެ ޖީ.ސީ.އީ އޯ ލެވެލް އިމްތިޚާނު އަދި އެސް.އެސް.ސީ އިމްތިޙާނު ހިމެނޭހެން 03 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނު ނުވަތަ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނު ހިމެނޭހެން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވާ ފަރާތަކަށްވުން. ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

("ޝަރުޠު 1" ގައި ހިމެނޭ ތަޢުލީމީ ޝަރުތުހަމަވާ ފަރާތެއްނަމަ ފިރިހެން 5 ފޫޓް 3 އިންޗި އަދި އަންހެން 5 ފޫޓު އިސްކޮޅުގައި ހަމަވުން)

ނުވަތަ 

 2. ޖީ.ސީ.އީ އޯލެވެލް އިމްތިޚާނުގެ 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ހާޞިލްކޮށްފައިވުން ނުވަތަ އެޗް.އެސް.ސީ އިމްތިޚާނުގެ ދިވެހި އަދި އިސްލާމް ނުހިމެނޭ ގޮތަށް އޭލެވެލްގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ހާޞިލްކޮށްފައިވާ ފަރާތެއްކަމުގައިވުން. 

("ޝަރުޠު 2" ގައި ހިމެނޭ ތަޢުލީމީ ޝަރުތުހަމަވާ ފަރާތެއްނަމަ ފިރިހެން 5 ފޫޓް 1 އިންޗި އަދި އަންހެން 4 ފޫޓް 8 އިންޗި އިސްކޮޅުގައި ހަމަވުން)

ނުވަތަ

3. ސާނަވީ ތައުލީމު ފުރިހަމަކުރުމާއިއެކު،ފިޒިކަލް ފިޓްނެސް އެފަރާތެއްގެ ކިބައިގައި ހުރި މިންވަރު ދެނެގަތުމަށް މިޚިދުމަތުގެ ފަރާތުން ހާއްސަގޮތެއްގައި ބެލެވޭ މިންގަނޑުގެ ތެރެއިން ފާސްވުމާއިއެކު، ފިރިހެނުން އިސްކޮޅުގައި 5 ފޫޓް 8 އިންޗި އަދި އަންހެނުން އިސްކޮޅުގައި 5 ފޫޓް 3 އިންޗި އަށްވުރެ ކުރުނޫން ފަރާތެއްކަމުގައިވުން.

- މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން،

- 34/2020 "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު" ގައި ބަޔާންކުރާ ރެކުރޫޓްކުރެވޭ ފުލުހުންގެ ޢާންމު ޝަރުޠު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވުން.

ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

ތަޢުލީމީ ގޮތުން މަތީ ސަނަދު ހާޞިލްކޮށްފައިވާ ފަރާތްތަކަށް،

މީހުންހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކަށް،

ދިވެހި ފުލުހުންގެ ޚިދުމަތަށް ޤާނޫނީގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް މި ޚިދުމަތުން ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނަށް،

- ދިވެހި ފުލުޙުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދަތަކު ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުުންވާ ސަރަހައްދުތަކާއި، މިމުއައްސަސާގެ ޚިދުމަތް އަލަށް ޤާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް.

ވަޒީފާއަށް މީހުން ނެގުމުގައި ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ ތިރީގައި ބަޔާންކޮށްފައިވާ އެސެސްމެންޓް ނުވަތަ ޓެސްޓްތަކުން ފާސްވުން:

ބެކްގްރައުންޑް އެސެސްމެންޓް،

ފިޒިކަލް ފިޓްނަސް ޓެސްޓް،

ފެތުމުގެ ޓެސްޓް،

އެޕްޓިޓިއުޑް ޓެސްޓް،

އިންޓަރވިއު،

- ޕޮލިގްރަފީ ޓެސްޓް، އަދި

މެޑިކަލް އެގްޒަމިނޭޝަން.

މަސައްކަތްކުރަންޖެހޭ ތަން: ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ކޮންމެ ތަނެއްގައި.

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމުގައި އެފަރާތެއްގެ ނަމުގައި ހެދިފައިވާ އީމެއިލް އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި މަސައްކަތްކުރުމަށް ޝައުގެވެރިވާ ތަން ފޯމްގައި ފުރިހަމަކޮށްފައި އޮންނަންވާނެއެވެ.)،

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ (އެޓެސްޓްކޮށްފައިވާ ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

ނެގިފަހުން 3 މަސް ވެފައިނުވާ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ،

އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ،

އެހެން ވަޒީފާއެއްގައި ދެމިހުރި ފަރާތެއްނަމަ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2022 މެއި 22 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެކަންޏެެވެ.

27 ރަމަޟާން 1443

28 އޭޕްރިލް 2022