ދިވެހިރާއްޖެ
އިޢުލާން
ސައުންޑު ސިސްޓަމެއް ހޯދުމަށް ބޭނުންވެއްޖެ
މިއިދާރާގެ ނަންބަރު: (IUL)298/298/2022/18 އިއުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް ލިބިފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. މިރަށު މަސްޖިދުލް ހުދާއަށް ތިރީގައިވާ ސްޕެސިފިކޭޝަން އާއި އެއްގޮތަށް ސައުންޑު ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
| Details | Qty | 
| DSPPA MP-1000P Mixer Amplifier, 350W100V and 4-16OHMS | 1 | 
| Horn Speaker with TH652MAS Drive Unit, 50W 100V | 3 | 
| Shure SM31 Single Wireless Headset Mic with BLX Receiver | 1 | 
| DSPPA DSP8064WH Wall Mount Speaker White 40W | 8 | 
ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފާރާތްތަކުން 2022 މޭ 16 ވާ ހޯމަ ދުވަހުގެ 14:00ށް ކުރިން https://forms.office.com/r/8uZLz6LpUi މިލިންކްގައިވާ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ދެންނެވިފައިވާ މުއްދަތުގައި ފޯމްފުރާފައި ނުވާ ފަރާތްތަކުގެ ބިޑު ބަލައިނުގަނެވޭނެއެވެ. އަދި މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 މޭ 17 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަލިފުށީ ކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެމިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.