ދިވެހިރާއްޖެ
މިރަށުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކުގެ ވަށާފާރު ރާނާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚާއި ގަޑިއަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް އަންދާސީ ހިސާބުހިއްޕަވައިގެން މި އިދާރާއަށް ޙާޟިރުވެދެއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
އަންދާސީ ހިސާބުހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން |
ތާރީޚާއި ގަޑި: 11 މެއި 2022 ( 11:00 ) |
ތާރީޚާއި ގަޑި: 15 މެއި 2022 ( 11:00 ) |
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ޤާނޫނު ( ޤާނޫނު ނަމްބަރ:19/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށްޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައި.ޑީކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއިއެކު ހުށަހެޅުއްވުންއެދެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ގަޑިޖެހުމުގެ
ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި 6560007 ފޯނަށް ގުޅުއްވުންއެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.