ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-IIHR/1/2014/20
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:03
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގައި، އަލަށް ތަރައްޤީކުރާ ރިސޯޓުތަކާއި އަލަށް ތަރައްޤީކުރާ އެއާޕޯޓްތަކުގައި މަސައްކަތްކުރުމަށް ދިރިއުޅޭ މީހުންގެ ބޯހިމެނުން

ބޯހިމެނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ސެޕްޓެންބަރު 20 ން 27 އަށެވެ. ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނާއި ބިދޭސީން ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ރިސޯޓު ތަރައްޤީ ކުރުމަށާއި އެއާޕޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައި ދިވެހިންނާއި، ބިދޭސީން ދިރިއުޅެމުންދާތީ މިފަދަ ރަށްރަށުގައި ދިރިއުޅޭ މީހުންވެސް މިޙަރަކާތުގައި ހިމަނަން ޖެހެއެވެ.

ބޯހިމަނާ މުއްދަތުގައި މިފަދަ ރަށްރަށުގައި މަސައްކަތްކުރަމުންދާ ފަރާތްތަކުގެ ބޯހިމެނުން ކުރިއަށް ގެންދާނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

ވީމާ، ބޯހިމެނުމުގެ މަސައްކަތުގައި މިމިނިސްޓްރީއިން ރިސޯޓު ތަރައްޤީ ކުރުމަށާއި އެއާޕޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުން ފުރިހަމަ އެއްބާރުލުން ދެއްވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ނަންބަ 3349436 ނުވަތަ 33494480 އަށް ގުޅުއްވުން އެދެމެވެ. އަދި ބޯހިމަނާ މުއްދަތުގައިނަމަ ބޯހިމަނާ މައި މަރުކަޒުގެ ނަންބަރު 7835064 އަށް ގުޅުއްވުމަށް ދަންނަވަމެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމް

ހ. ވެލާނާގެ، 5ވަނަފަންގިފިލާ

އަމީރުއަހުމަދުމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3323224،ފެކްސް3322512:

އީ-މެއިލް: [email protected]

ވެބްސައިޓް:www.tourism.gov.mv

 

11 ސެޕްޓެންބަރު 2014