ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-C/266/2022/65
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 31 ޖުލައި 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލް ގްރާންޓް ޕްރޮގްރާމްގެ ޢުޞޫލުގެ ދަށުން ފޯމު ހުށައެޅުމަށް ފުރުސަތު ހުޅުވާލުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ޤާނޫނުގެ 73 ވަނަ މާއްދާއާއި، ކައުންސިލްތަކަށް ދޭ ހިލޭއެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޢުޞޫލުގެ 17 ވަނަ މާއްދާގެ (ފ) ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކުލަވާލައިފައިވާ، "ސްކޫލް ގްރާންޓް ޕްރޮގްރާމްގެ ޢުޞޫލު"ގެ ދަށުން، ކުޅުދުއްފުށީ ސިޓީގައި ހިންގަމުންދާ ސަރުކާރު ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްތަކުގައި ހިންގާ މަޝްރޫޢުތަކާއި ހަރަކާތްތަކަށް ފޯރުކޮށްދިނުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލް އިން 2022 ވަނަ އަހަރަށް ކަނޑައަޅާފައިވާ މާލީ އެހީތެރިކަމަށް ކުރިމަތިލުމަށް ކުޅުދުއްފުށީ ސިޓީގައި ހިންގަމުންދާ ސަރުކާރު ސްކޫލްތަކުގެ ޕީ.ޓީ.އޭތަކަށް ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލް އިން 2022 ވަނަ އަހަރު ކޮންމެ ސްކޫލެއްގެ ޕީ.ޓީ.އޭއަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ -/50000ރ (ފަންސާސްހާސްރުފިޔާ)ގެ ގްރާންޓެކެވެ.

ވީމާ، 2022 ވަނަ އަހަރަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާނެ ގޮތުގެމަތީން މި ގްރާންޓަށް އެދި 31 ޖުލައި 2022 ވަނަ ދުވަހުގެ ކުރިން ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.

28 އޭޕްރިލް 2022