ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)165/1/2014/14
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 25 ސެޕްޓެންބަރު 2014 14:00
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވާރކްސް ސުޕަވައިޒަރ

މަޤާމު

ވާރކްސް ސުޕަވައިޒަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް 3

މުސާރަ

މަހަކު: -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/1500 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ

ސެކްޝަން/ޔުނިޓް/ތަން

ފައިނޭންސް އެންޑް އެޗްއާރު / ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް / މާލެ

މަޤާމުގެ މަސްއޫލިއްޔަތު

އޮފީހުން ޖަމާކުރަންޖެހޭ ފައިސާ ޖަމާކޮށް، ތަކެއްޗާއި ފައިސާ ޙަވާލުކުރަން ދިއުން އަދި އިމާރާތުގެ މަރާމާތާ ބެހޭ ކަންކަން ބެލެހެއްޓުން

މަޤާމުގެ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މައްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން

3. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހުން ޖަމާކުރަންޖެހޭ ފައިސާ އެމް.އެމް.އޭ އަށް ޖަމާކުރުން އަދި ނަގަންޖެހޭ ފައިސާ ނެގުން
  2. އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ޙަވާލުކުރަން ދިއުން
  3. ފައިސާގެ ބިލް ޙަވާލުކުރަން ދިއުން
  4. ސިޓީ އާއި އެފަދަ ތަކެތި އެހެން ފަރާތްތަކަށް ޙަވާލުކުރަން ދިއުން
  5. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ދޫކުރާ ޗެކުތަކާއި ޙަވާލުވުމަށް ދިއުމާއި، ޗެކުތަކުގެ ތެރެއިން ބޭންކުން ކޭޝް ކުރަންޖެހޭ ޗެކުތައް ކޭޝް ކުރުން.
  6. ޖެނިޓަރުންގެ މަސައްކަތްތައް މޮނިޓަރ ކުރުން
  7. އޮފީސް އިމާރާތުގެ މެއިންޓަނަންސް އާބެހޭ މަސައްކަތްތައް ބެލެހެއްޓުން

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ތަތްކޮށްފައި) މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ވެބްސައިޓްގެ ސަރވިސަސްއިން ޑައުންލޯޑް ކުރެވޭނެ، ވެބްސައިޓް: www.cam.gov.mv
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ސޮއި އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ) ސާފު ކޮޕީއެއް.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)، (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  4. ލިބިފައިވާ ލީވިންގ ސެޓުފިކެޓާއި ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތަކާއި އެހެނިހެން ލިޔުންތަކުގެ ސާފުކޮޕީ (ތަޢުލީމީ ސެޓުފިކެޓުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައި، ޓްރާންސްކްރިޕްޓުގެ ކޮޕީއާއި، ފުރިހަމަ ކުރިކަމުގެ ކޮލެޖްގެ ލިއުމާއެކު).
  5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް ވަޒީފާއެއްގައި އުޅުއްވާނަމަ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަޤާމު، ކްލެސިފިކޭޝަން، މުސާރަ، މަސްއޫލިއްޔަތު އަދި މުއްދަތު އެނގޭނެ ރަސްމީ ލިޔުންތަކުގެ ކޮޕީ.
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ސުންގަޑި

25 ސެޕްޓެންބަރު 2014 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ޓެލެކޮމް ބިލްޑިންގ، ހުސްނުހީނާމަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސް ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.

އިތުރު މަޢުލޫމާތު

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޝޯޓްލިސްޓު ކުރެވޭ 10 ފަރާތަކަށެވެ.

- އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެ އެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323344 އެވެ. ފެކްސް ނަންބަރަކީ 3320000 އެވެ.

11 ސެޕްޓެންބަރު 2014