ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-C/266/2022/64
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:54
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލް ގްރާންޓް ޕްރޮގްރާމްގެ ޢުޞޫލު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ޤާނޫނުގެ 73 ވަނަ މާއްދާއާއި، ކައުންސިލްތަކަށް ދޭ ހިލޭއެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޢުޞޫލުގެ 17 ވަނަ މާއްދާގެ (ފ) ގެ ދަށުން ކުޅުދުއްފުށީ ސިޓީގައި ހިންގަމުންދާ ސަރުކާރު ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްތަކުގައި ހިންގާ މަޝްރޫޢުތަކާއި ހަރަކާތްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކުލަވާލައިފައިވާ "ސްކޫލް ގްރާންޓް ޕްރޮގްރާމްގެ ޢުޞޫލު" ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 50 ވަނަ އާންމު ބަދަލުވުމުން ފާސްކޮށްފައިވާތީ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 އޭޕްރިލް 2022