ޢާންމު މަޢުލޫމާތު
ނަންބަރު: MAP/CS/2022/10
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 08 މޭ 2022 10:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ލީގަލް އަދި ޕޮލިސީ ފްރޭމްވޯކް ނީޑްސް އެސެސްމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ލީގަލް އަދި ޕޮލިސީ ފްރޭމްވޯކް ނީޑްސް އެސެސްމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ދިވެހި ސަރުކާރުން އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީއާއެކު ތަންފީޒުކުރަމުންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ލީގަލް އަދި ޕޮލިސީ ފްރޭމްވޯކް ނީޑްސް އެސެސްމެންޓެއް ހަދައިދޭން ޝައުގުވެރިވެލައްވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި އަދި އެހެނިހެން މުހިންމު މައުލޫމާތުތައް މި ދަޢުވަތާއި އެކީގައިވާ "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް"ގެ ނަމޫނާ ފުރިހަމަކުރުމަށްފަހު މިމިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި މަސައްކަތަށް ޝޯޓުލިސްޓް ކުރާނެގޮތް މި ދަޢުވަތާއި އެކީގައިވާ "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ގެ އެނެކްސް 2 ގައި ވާނެއެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންވާނީ 16 މޭ 2022 ވަނަ ދުވަހުގެ 11:30 ގެ ކުރިން މ.ހަޒާރުމާގެ، ފަރީދީމަގު، 5 ވަނަ ފަންގިފިލާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރިގައިވާ އީމެއިލް އެޑްރަހަށެވެ. "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅަންވާނީ މިކަމަށް ހާއްސަކުރެވިފައިވާ ފޯމްތައް ބޭނުންކޮށްގެންނެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް 08 މޭ 2022 ވަނަދުވަހުގެ 10:00ގެ ކުރިން [email protected] އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނުންނަމަ ގުޅުއްވާނީ 3033410 ނަންބަރު ފޯނަށެވެ.

 

27 ރަމަޟާން 1443

28 އޭޕްރިލް 2022